ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 17:42
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އިންފްލުއެންޒާ ޕޮޒިޓިވްވުން
މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 68 މީހުން ޕޮޒިޓިވްވެއްޖެ
 
އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމު
 
2023ގެ ޑިސެންބަރު މަހު 251 ސާމްޕަލް ޓެސްޓުކޮށް، 24 ސާމްޕަލް ޕޮޒިޓިވްވެފައިވޭ

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 68 މީހުން ޕްރޮޓިވްވެފައިވާކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު، މިއަހަރު ޖަނަވަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު އިތުރުވެފައި ވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 352 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ 2023 ޑިސެންބަރު މަހު 251 ސާމްޕަލް ޓެސްޓުކޮށްފައި ވާއިރު، 24 ސާމްޕަލް ޕޮޒިޓިވްވެފައި ވާކަމަށެވެ. އަދި 2024 ޖެނުއަރީ މަހު 357 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ. އޭގެތެރެއިން 68 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ އިންފްލުއެންޒާ އަދި ކޮވިޑްފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި ކިނބިހިއަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއްފަދަ އެއްޗެއް އެޅުމާއި، އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލައިނުލުމާއި، އާއްމު ސާފުތާހިރުކަމަށް (ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް) ސަމާލުކަންދޭން ޖެހޭ ކަަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ފަރާތްތައް ރޯގާޖެހި ހުންއަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް