ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 15:07
ޖަޕާނު މީގެ ކުރިން އޮތީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ މަގާމުގައި
ޖަޕާނު މީގެ ކުރިން އޮތީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ މަގާމުގައި
ޖަޕާނުގެ އިޤްތިޞާދު ދަށަށް ދިއުން
ޖަޕާނުގެ އިގްތިސާދު ހަތަރު ވަނަ ކުއާޓަރުގައި ހީވެސްނުކުރާ ވަރަށް ދަށަށް ހިނގައްޖެ
ހަތަރު ވަނަ ކުއާޓަރުގެ ދަށަށް ދިއުމުގެ މާނައަކީ 2022 ވަނަ އަހަރަށް ޑޮލަރަށް ބަލާއިރު ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ މަގާމު ޖަޕާނުން ގެއްލި އެމަޤާމު ޖަރުމަނަށް ދޫވުން

ޖަޕާނުގެ އިގްތިސާދު ހަތަރު ވަނަ ކުއާޓަރުގައި ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސް، އިންފްލޭޝަން މަތިވެ އެތެރޭގެ ޑިމާންޑް ދަށްވެ، ޓެކްނިކަލް ރިސެޝަނަކަށް ޖަޕާނު ވެއްޓިއްޖެއެވެ. 

ޖަޕާނުގެ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ އަޅާބަލާއިރު ޖަޕާނުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ވަނީ 0.4 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ އިގްތިސާދީ ހީނަރުކަމުގެ ސީދާ ދެ ބައިކުޅަ އެއްބައި ދަށަށް ދިއުމާއެކު ރިސެޝަނެއްގެ ޓެކްނިކަލް މާނަ އަށް ފެތޭ ގޮތަށް މިދިޔަ ކުއާޓަރުގައި ރިވައިޒްކުރި 3.3 ޕަސެންޓް ދަށްވުމާ ގުޅިގެން އައި ދަށވުމެއް ކަމަށް ބެލެވެއެވެ.

އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި ހަތަރުވަނަ ކުއާޓަރުގައި 1.4 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ބެލެވުނު ނަމަވެސް 0.4 އިންސައްތަ ދަށަށް ދިއުމަކީ ނެގެޓިވް ސަޕްރައިޒެކެވެ. ކުއާޓާލީ ގޮތުން ބަލާއިރު ޖީޑީޕީ ވެސް ވަނީ ތިން ވަނަ ކުއާޓަރުގައި 0.8 ޕަސެންޓް ދަށަށް ދިއުމަށް ފަހު ހަތަރު ވަނަ ކުއާޓަރުގައި ހީވެސް ނުކުރާ ވަރަށް 0.1 ޕަސެންޓް ދަށަށް ގޮސްފައެވެ.

ވަޒީފާ ނެތް މީހުންގެ އަދަދު 2.4 އިންސައްތައަށް ދަށްވެފައިވާއިރު، އިންފްލޭޝަން އިތުރުވުމުގެ ސަބަބުން ގޭބިސީތަކުގެ ބަޖެޓް ދަށަށް ގޮސް، ޕްރައިވެޓް ކޮންޒަމްޕްޝަން ދަށްވެ، ކުއާޓަރުން ކުއާޓަރަށް ބަލާއިރު 0.2 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ޖީޑީޕީ ޕްރިންޓް ދަށްވުމުގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން ހަރުކަށި ކޮށް ރޭޓްތައް ބޮޑުކުރި ނަމަވެސް، އަލްޓްރާ ލުޒް މަނިޓަރީ ޕޮލިސީ ދަމަހައްޓަމުން އަންނަ ބޭންކް އޮފް ޖަޕާނަށް މައްސަލަ ތަކެއް ވަނީ ކުރިމަތިވެފައެވެ. ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި މުސާރަ ބޮޑުވާނެ ކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު އަންނަ އޭޕްރީލް މަހު ބީއޯޖޭގެ ނެގެޓިވް އިންޓްރެސްޓް ރޭޓް ޕޮލިސީއާ ދުރަށް ދާނެއެވެ. 

ނަމަވެސް ބުރާސްފަތި ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން މަތިވުމުގެ ސަބަބުން ޖަޕާނުގެ އެތެރޭގެ ހަރަދުތަކަށް ވަނީ ބުރޫ އަރައިފައެވެ. މިކަމުގެ ސަބަބުން ބީއޯޖޭއިން ސްޓިމިއުލަސް ފިޔަވަޅުތައް ހީކުރި ވަރަށްވުރެ ދިގުމުއްދަތަކަށް ހިފެހެއްޓުމުގެ މައްސަލަ އިތުރަށް ހަރުދަނާ ކުރަންޖެހިދާނެއެވެ.

ހަތަރު ވަނަ ކުއާޓަރުގެ ދަށަށް ދިއުމުގެ މާނައަކީ 2022 ވަނަ އަހަރަށް ޑޮލަރަށް ބަލާއިރު ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ މަގާމު ޖަޕާނުން ގެއްލި އެމަޤާމު ޖަރުމަނަށް ދޫވުމެވެ.

ޖަޕާނުގެ އިޤްތިޞާދަށް މިހާބޮޑު ހީނަރުކަމެއް އައިސްފައި މިވަނީ ޖަޕާނާއި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ޓައިވާން ސަރަޙައްދުގައި ހިންގިތާ ކުޑަކުދުވަސްކޮޅެއްގެ ތެރޭގައެވެ. މިތަމްރީނުތަކުގެ ސަބަބުން ޗައިނާވަނީ ޖަޕާނުދެކެ ވަރަށް ބޮޑަށް ރުޅިއައިސް ދެގައުމުގެ ގުލުންތައް ވަރަށްބޮޑަށް ހީނަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް