Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 07:19
އިންތިޚާބާބެހޭ މަރުކަޒު
އިންތިޚާބާބެހޭ މަރުކަޒު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުކުރު ދުވަހާ ހަމައަށް
ފޯމު މެދުވެރިކޮށް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމަހާހަމައަށް ނަން އަނބުރާ ނެގޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފެބްރުއަރީ 16 ވާ ހުކުރު ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީން ބުނީ ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ފޯމު މެދުވެރިކޮށް އެކަން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމަހާހަމައަށް ކުރެވޭނެކަމަށެވެ. މިކަމާއި ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން އެދި އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހަޅާފައިވާ މީހަކު، ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް އެމީހެއްގެ ނަން އެ އިންތިޚާބަކުން އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު 381 ކެންޑިޑޭޓުންގެ ފޯމު ލިބިފައިވާކަމަށް އީސީން ބުނެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އީސީއަށް ލިބުނު ފޯމުތަކުގެ އަދަދުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު 381 ފޯމު ލިބިފައިވާކަމަށެވެ.

Advertisement

އެހެން ނަމަވެސް އެ ފޯމުތަކަކީ ޖުމްލަ 93 ދާއިރާގެ ކެންޑިޑޭޓުންގެ ފޯމުކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެ ފޯމުތަކުގެ އަދަދު ޔަގީންވާނީ ޝަރުތު ހަމަނުވާ ފޯމުތައް އީސީން ބާތިލުކުރުމަށްފަހު ކަމަށެވެ. އެގޮތުން އަންގާރަ ދުވަހު ހުށަހެޅުނު ފޯމުތައް އީސީއަށް ޕްރޮސެސް ކުރެވޭނީ ބުދަ ދުވަހު ކަމަށާއި، ބުދަ ދުވަހު ހުށަހެޅުނު ފޯމުތައް ޕްރޮސެސްކޮށް އެ ފޯމުތަކުގެ ޖަވާބު ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ދޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

އަންނަ މަހުގެ 17ގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ވަނީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މި އިންތިޚާބުގައި 284،337 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް