ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 22:40
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
އެންއީއޯސީ
ހައްޖަށް މީހުން ގެންދިޔުން
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ހޯދުމަށް ޕްރައިވެޓް ފަރާތްތަކަށް ހުޅުވައިނުލައި އޮތުމަކީ ދެރަކަމެއް: ޑރ. ޒާހިރު
 
އެކަމުގެ ސަބަބުން ބައެއް ގްރޫޕުތަކަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވަޒީރު ވިދާޅުވި

މި އަހަރުގެ މިހާތަނަށް ވެސް ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ހޯދުމަށް ޕްރައިވެޓް ކުންފުނިތަކަށް ފުރުސަތު ހުޅުވާނުލައި އޮތުމަކީ ދެރަ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ކުރީގެ ވަޒީރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރަށް ފޯނުން ގުޅުއްވައިގެން ދެއްވި އިންޓަވިއުއެއްގައި ކުރީގެ ވަޒީރު ވިދާޅުވީ، ނިމުނު ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ވެރިކަމުގެ ކުރިން، ހައްޖަށް މީހުން ގެންދިޔުމަށް ގްރޫޕްތަކަށް ހުއްދަ ހޯދުމަށް ފުރުސަތު އޮންނަނީ އަހަރަކު އެއް ފަހަރު ކަމަށެވެ.

އެގޮތުން އޭރު ހުޅުވާލަނީ ޖެނުއަރީގައި ކަން ފާހަގަ ކުރައްވަމުން ޑރ. ޒާހިރު ވިދާޅުވީ، އެގޮތަށް އޮތުމުން ބައެއް ގްރޫޕްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އެ ދަތިތައް ފިލުވުމުވަށް ހަމަ މިދިޔަ ސަރުކާރުން، އަހަރަކު ދެ ފަހަރު ހުއްދައަށް އެދެވޭނެ ގޮތަށް ފުރުސަތު ހުޅުވާލި ކަމަށެވެ. އެގޮތުން އެ ފަހަރު ފުރުސަތު ދިނީ ޖެނުއަރީގައި އަދި ޖޫން/ޖުލައިގައެވެ.

ވަޒީރު ވިދާޅުވީ އެގޮތަށް އޮތުމުން ވެސް ބައެއް ގްރޫޕުތަކަށް ދިމާވި ދަތިތައް ނައްތާލުމުގެ ގޮތުން، މުޅި އަހަރު އެއްކޮށް ހުޅުވާފައި ބޭއްވުމަށް އޭރުގެ ސަރުކާރުން ނިންމެވި ކަމަށެވެ. އަދި އެ ނިންމުމަށް އަމަލުކުރުމަށް ރައީސް އޮފީހާ ގުޅިގެން އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ގެޒެޓު ކުރުމަށް ފޮނުއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން، އެ ވެރިކަން ނިމުނު އިރު، އުސޫލު އޮތީ ގެޒެޓު ނުކުރެވިކަން އެކަންޏެވެ.

ވަޒީރު ވިދާޅުވީ އެ ކަންކަމަށް ފަހު، މި އަހަރުގެ ފެބްރުވަރީގެ މެދާ ހަމައަށް އައިއިރު ވެސް، ޕްރައިވެޓް އުމްރާ ގްރޫޕްތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދެން ޢާންމުކޮށް ހުޅުވާނުލައި އޮތުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ގްރޫޕުތަކަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ އިސްލާމީ ވަޒީރު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވާގޮތުންނަމަ، ހައްޖަށް މީހުން ގެންދިޔުމުގެ ހުރިހާ ކޯޓާ ދޭނީ އެ މަސައްކަތް ކުރާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަށެވެ. އެހެން ނަމަވެސް އެކަމެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާއިރު، އެ އުސޫލަށް ބަދަލުގެނެސް ގެޒެޓުކޮށްފައެއް ވެސް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް