ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 16:28
ގުޅިފަޅު
ގުޅިފަޅު
ސޯޝަލް މީޑިއާ
ގުޅީފަޅު
ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
 
މި އަމުރު ނެރެފައިވަނީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ބިން ހިއްކުން ހުއްޓާލުމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުން
 
ހައި ކޯޓުން ނެރުނު އަމުރުގައި ބުނީ، ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރެއް ނެރެފިއެވެ.

މިއީ ތިމާވެށީގެ މިފަދަ މައްސަލައެއްގައި، ރާއްޖޭގައި ހިންގަމުންދިޔަ ބިޔަ މަޝްރޫއެއް ހުއްޓުވުމަށް ކޯޓަމުން އަމުރު ނެރުނު ފުރަތަމަ ފަހަރެވެ. ގުޅީފަޅު ހިއްކާތީ އެ ސަރަހައްދުގެ އިތުރުން، އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށީގެ ކަންކަމުގައި އަޑު އުފުލައި، އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ހުމައިދާ އަބްދުލްގަފޫރެވެ.

އެ މައްސަލަ މަޑުޖައްސާލުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ހުއްޓާލުމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

އެގޮތުން ހައި ކޯޓުން ނެރުނު އަމުރުގައި ބުނީ، ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ.

ކޯޓުން މި އަމުރު ނެރެފައިވަނީ އެ ބިން ހިއްކުމަށް ތައްޔާރުކުރި އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ މިންވަރަށް ސެޑިމެންޓޭޝަން މިންގަނޑުތައް ނުހިފެހެއްޓުމުންނެވެ. އެގޮތުން މި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރި ގޮތުގައި، ސެޑިމެންޓޭޝަން ރޭޓް މޮނިޓަރިން ރިޕޯޓުތަކުން އެނގޭ ގޮތުން ސެޑިމެންޓޭޝަންގެ މިންގަނޑުތައް ފަހަނައަޅައި ގޮސް، ބައެއް ހާލަތްތަކުގައި ސެޑިމެންޓޭޝަން 50 ޕަސެންޓާއި 100 ޕަސެންޓަށް ވެސް އަރާފައިވާ ކަމަށެވެ.

އެއާއެކު، ކޯޓުގެ މި ނިންމުމަށް ވާސިލްވުމުގައި، އެ އަމުރު ނެރުނު ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ، އެ ބިން ނުހިއްކައިގެން ދައުލަތަށް ލިބެން އޮތް މާލީ ގެއްލުމާ އަޅާބަލާއިރު، ތިމާވެށި ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ލިބޭނެ ގެއްލުން މާ ބޮޑުވެ، ދިގު މުއްދަތަށް އެ ގެއްލުން ގޮސްދާނެ ކަމަށް ބެލެވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް