ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 08:51
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ކޯޕަންހޭގަންއާ ދެކޮޅަށް ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް: ގާޑިއޯލާ
 
އެ މެޗުގައި ފެނުނު ޓެމްޕޯ އަކީ ކޮންމެ މެޗެއްގައި ވެސް ދައްކަން ޖެހޭ ޓެމްޕޯ ކަމަށް ވެސް އޭނާ ވަނީ ބުނެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީން، ކޯޕަންހޭގަންއާ ދެކޮޅަށް ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކޯޕަންހޭގަންގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 3-1 އިންނެވެ. އެ މެޗުން މޮޅުވެ، ސިޓީން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފަ އެވެ. ސިޓީ އާއި ކޯޕަންހޭގަން ވާދަކުރާ ދެ ވަނަ ލެގު އޮންނާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ.

ކޯޕަންހޭގަން މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މެޗުގައި ސިޓީގެ ކުޅުންތެރިން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށެވެ. އެ މެޗުގައި ފެނުނު ޓެމްޕޯ އަކީ ކޮންމެ މެޗެއްގައި ވެސް ދައްކަން ޖެހޭ ޓެމްޕޯ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނީ ކޯޕަންހޭގަން އަކީ ވެސް އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށާއި މެޗުގައި ސިޓީން ޖެހި ތިން ވަނަ ލަނޑާއެކު ހަމަޖެހުމެއް ވެސް ލިބުނު ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ މެޗުގައި ކޯޕަންހޭގަން އިން ބޮޑަށް ކުޅުނީ ޑިފެންސް އަށް ވިސްނައިގެން ކަމަށެވެ. ސިޓީގެ ކުޅުންތެރިންނަށް އަމިއްލަ އަށް ހެދޭ ގޯހެއްގެ ސަބަބުން، ބޯޅަ ގެއްލެންދެން ކޯޕަންހޭގަންގެ ކުޅުންތެރިން ތިބެނީ މަޑުކޮށްގެން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ނަމަވެސް، ކޯޕަންހޭގަން އިން ކަމެއް ރާވައިގެން ކުރާއިރު، ސިޓީން ވެސް ރޭވުންތެރިކަމެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ސިޓީ އަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަަމަށާއި، ތަށި ދިފާއު ކުރަން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް ތަށީގެ ވާހަކަ ދެއްކުމުގެ ކުރިން، އޭގެ ކުރީގެ މަރުހަލާތަކަށް ސަމާލުކަން ދީގެން، ވިސްނުންތެރިކަމާއެކު ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް