ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 11:35
ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ
ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ
ރޮއިޓާސް
ހޯސޭ މޮރީނިއޯ
ޓެކްސްއަށް މަކަރު ހެދުމުން މޮރިނިއޯ 1.4 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި
މޮރީނިއޯ އަށް ވަނީ މައްސަލައިގެ އިސްތިއުނާފު ނާކާމިޔާބުވެފައި

ޓެކްސްއަށް މަކަރު ހެދުމުން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ 1.4 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި އެވެ.

ސްޕޭނުގެ ސަރުކާރުން އޭނާ ޖޫރިމަނާ ކުރީ ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރިއިރު ދައްކަންޖެހޭ ޓެކްސް އަށް ވުރެ ކުޑަ އަދަދެއް ދައްކައި އޮޅުވާލުމުގެ މައްސަލާގަ އެވެ. މި މައްސަލަ މޮރީނިއޯ އިސްތިއުނާފުކުރި ނަމަވެސް އޭނާ އަށް ވަނީ ނާކާމިޔާބުފެ އެވެ. 2010އިން ފެށިގެން 2012ގެ ނިޔަލަށް ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން މޮރީނިއޯ ޓެކްސްގެ ގޮތުގައި ފަސްލައްކައަށްވުރެ ބޮޑު އަދަދެއް ނުދައްކައިވެ އެވެ. އަދި މި އަދަދު ނުދައްކައި އޮތުމުން ޖޫރިމަނާގެ ގޮތުގައި އަށް ލައްކައަށްވުރެ ބޮޑު އަދަދެއް އޭނާ އަށް ވަނީ ދައްކަން ޖެހިފަ އެވެ.

މޮރީނިއޯ މިވަގުތު ހުރީ ވަޒީފާއެއްނެތި ހުސްކޮށެވެ. އެއީ މިދިޔަ މަހު އިޓަލީގެ ރޯމާގެ ކޯޗުކަމުން ވަކިކުރުމުންނެވެ. އިޓަލީގެ އިންޓަމިލާނާއި އިނގިރޭސިވިލާތިގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ މިހާރު ދަނީ ޖަރުމަނު ބަސް ދަކުރަމުންނެވެ. އޭނާ އަންނަ ސީޒަނުގައި ފެނުން އެންމެ ގާތީ ޖަރުމަނުގެ ބަޔާން މިއުނިކުން ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

- ކޮމެންޓް