ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 06:00
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޫނޯ މެންޑޭސް
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޫނޯ މެންޑޭސް
ރޮއިޓާރސް
ޕީއެސްޖީ
ނޫނޯ މެންޑޭސް، ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ
 
މިހާތަނަށް މެންޑޭސް އަށް ވަނީ ޕީއެސްޖީގެ 32 އަށް ވުރެ ގިނަ މެޗު ގެއްލިފައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭސް، އެ ކުލަބުގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. މިހާތަނަށް މެންޑޭސް އަށް ވަނީ ޕީއެސްޖީގެ 32 އަށް ވުރެ ގިނަ މެޗު ގެއްލިފަ އެވެ. އަނިޔާ އިން އަރައި ގަނެ، މެންޑޭސް ވަނީ ހޯމަ ދުވަހު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުމެފަ އެވެ. އެންމެ ފުރަތަމަ ޕީއެސްޖީން ލަފާކޮށްފައި އޮތީ ވެސް، މި މަހުގެ މެދު ތެރޭގައި އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ. ޕީއެސްޖީން ކުރިއަށް ކުޅެން އޮތް މެޗުގައި ކުޅެވޭ ވަރަށް، މެންޑޭސް ފިޓުވެފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

ސްޕޯޓިން ގައި ހުރުމަށް ފަހު، 2021 ވަނަ އަހަރު މެންޑޭސް ޕީއެސްޖީ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، 2022 ވަނަ އަހަރު ޕީއެސްޖީން ވަނީ އޭނާ އާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ހަތަރު އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕީއެސްޖީގައި މިހާތަނަށް ހޭދަކުރި ތިން ސީޒަންގެ ތެރޭގައި މެންޑޭސް ވަނީ އެ ޓީމަށް 69 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސް ލީގު ދެ ފަހަރު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް