ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 09:19
ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް
ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް
ރާއްޖެއެމްވީ
ފަތުހުﷲ ޖަމީލް
ޓެކުހުގެ ދާއިރާގެ އެންމެ އުހުން މަޖިލީހަށް، ތިމަރަފުށީ ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް ތަޖުރިބާގެ ބޭނުން ހިފާނެ
 
މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ކުރިން މަސައްކަތް ކުރެއްވި ދާއިރާގެ ތަޖުރިބާގެ ބޭނުން ހިފޭނެކަމުގެ ޔަޤީންކަން އެބައޮތް
 
ފަތުހުﷲ ވިދާޅުވީ، ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށް ފޯމަރ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ފަތުހުﷲ ވިދާޅުވީ، ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ފަތުހުﷲ ވާދަ ކުރައްވަނީ އެމްޑީޕީންނެވެ.

ޓެކްސްގެ ދާއިރާއިން ރާއްޖެއިން ދެވެން ހުރި އެންމެ މައްޗަކަށް ދެވިފައިވާއިރު، މަޤްސަދަކީ އެ ތަޖުރިބާގެ ބޭނުން ހިފައިގެން މަޖިލީހުގައި ޚިދުމަތް ކުރެއްވުންކަން ފަތުހުﷲ ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުގެ ދާއިރާ ތިމަރަފުށި އަދި ވޭމަންޑޫ، މި ދެ ދާއިރާއަށް މަސައްކަތްތަކެއް ކޮށްދެވޭނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވިފައި، މިވަގުތަކީ ހަމަ ރަނގަޅު ވަގުތެއްކަމަށް އަޅުގަނޑު ދެކެނީ
ފޯމަރ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް

ފަތުހުﷲ ވިދާޅުވީ، މަޖިލީހަށް އިންތިޚާބުވެއްޖެނަމަ ކުރިން މަސައްކަތް ކުރެއްވި ދާއިރާގެ ތަޖުރިބާގެ ބޭނުން ހިފޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އޭގެ އިތުރުން، ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައިދިނުމާއި، ތައުލީމާއި، ސިއްޙީ ދާއިރާއަކީ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ދާއިރާތައްކަން ފަތުހުﷲ ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ވަޑައިގަތީ މީރާގައި އެކިއެކި އިސްމަގާމުތަކެއް ފުރުއްވާފައެވެ. ޓެކްސް ނިޒާމް ތައާރަފް ކުރިއިރު، ޓެކްސާ ގުޅޭ ކަންކަމުގައި މީހުން ހޭލުންތެރި ކުރުމާއި، މީޑިއާތަކަށް މައުލޫމާތު ދެއްވުމުގައިވެސް ފަތުހުﷲ ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަތުރުވެރިކަމުން ލިބުނު އާމްދަނީއާއެކު އެޕްރީލް މަހު މީރާއިން 2 ބިލިއަން ރުފިޔާ ބަލައިގަނެފި
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި