Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 18:27
ރައީސް ދަތުރުފުޅަކަށް ފަހު މާލެ ވަޑައިގެންނެވުން
ރައީސް ދަތުރުފުޅަކަށް ފަހު މާލެ ވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް މުއިއްޒު
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޔޫއޭއީ އަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތު ދުވަހު
މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ޑރ.މުއިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގައި ބާއްވާ ގަވަމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވާ އެ ސަމިޓު ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

Advertisement

ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީ އަށެވެ. އެއަށް ފަހު ޗައިނާ އަށް ދަތުރުފުޅު ކުރައްވާފައިވެއެވެ. އަދި ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ވަނީ އަބޫދާބީ އަށް ވެސް ވަޑައިގަންނަވާފައެވެ.

މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދިވެހި ބައެއް ނޫސްވެރިންވެސް ބައިވެރިވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތު ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް