Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 14:36
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު
ރާއްޖެއެމްވީ
ސިނާއީ ސަރަހައްދު ތަރައްގީ ކުރުން
އިންޑަސްޓްރިއަލް ވިލެޖް އަލުން ތަރައްގީ ކުރަނީ
އެ ސަރަހައްދު އެއްކޮށް ސާފުކުރާނެ
އެސަރަހައްދަށް ގަރާޖު، ވޯކްޝޮޕްތައް ބަދަލުކޮށް ބިން ދޫކުރާނެ

އިންޑަސްޓްރިއަލް ވިލެޖު ނުވަތަ ސިނާއީ ސަރަހައްދު އަލުން ތަރައްގީކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު އަލުން ތަރައްގީ ކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑަސްޓްރިއަލް ވިލެޖުން ބިންތައް އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެކަންކަން ބެލުމަށްފަހު ޕްލޭންއާ އެއްގޮތަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ ސަރަހައްދު އެއްކޮށް ސާފުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ވަޖީހު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖަކީ މާލެސިޓީގައި ހުރި ގަރާޖު، ވޯކްޝޮޕް ފަދަ ތަންތަަން ބަދަލުކުރުމަށް ހިއްކުނު ބިމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެސަރަހައްދަށް ގަރާޖު، ވޯކްޝޮޕްތައް ބަދަލުކޮށް ބިން ދޫކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި މިފަދަ ތަންތަނެއް ބަދަލުކުރާނެ ކަމަށާއި، މާލެސިޓީއަކީ ރައްކާތެރި ސިޓީއަކަށް ހަދާނެ ކަމަށެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު އެ މަސައްކަތް ކުރި ކޮންޓްރެކްޓަރު މިހާރު ވެސް ހުރީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިއްކައިގެން ތަރައްގީކުރި އިންޑަސްޓްރިއަލް ވިލެޖުގައި މިހާރު ހުރީ ބޭނުން ނުކުރާ ގިނަ ވެހިކަލްތަކެވެ. އެސަރަހައްދު އެއްވެސް ވަރަކަށް ބަލަހައްޓާފައިނުވާއިރު، ގިނަ އަދަދެއްގެ ބުޅާ އެސަރަހައްދުގައި އުޅެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ ހުޅަނގުކޮޅުން 4.5 ހެކްޓަރުގެ ބިން ހިއްކާފައިވަނީ މާލޭގައި ހުރި ގަރާޖުތަކާއި، ކެމިކަލް ގުދަންތައް ބަދަލު ކުރުމަށް 2016 ވަނަ އަހަރުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް