ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 12:55
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި
މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެއް
ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ޢަބްދުއްالله ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ކުރިއަށް ދިޔައީ 9 ފެބްރުއަރީ 2024 ވީ ހުކުރު ދުވަހުގެ ރޭ 8:30 އިން 11:00 އަށެވެ. ހަފްލާ ޝަރަފްވެރިކޮށްދެއްވީ 17 ވަނަ މަޖިލީހުގެ ރައީސް, އަދި ކުރީގެ ފޮރިން މިނިސްޓަރ ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްالله ޝާހިދުއެވެ.

މި ހަފްލާގައި އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަނދާނީ ލިޔުމާޢި ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް އެރުވިފައިވެއެވެ.

އަދި ހަފްލާ އިންތިޒާމްކޮށް ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބް – ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިންނެވެ.

ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު ވިދާޅުވި ގޮތުގައި މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެކެވެ.

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްއާއި މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

- ކޮމެންޓް