ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 21:46
ގުރައިދޫގައި ހުންނަ މަރުކަޒު
ގުރައިދޫގައި ހުންނަ މަރުކަޒު
ޓްވީޓަރ
ގުރައިދޫ މަރުކަޒު
ގުރައިދޫ މަރުކަޒުން، 29 މީހަކު އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
ގުރައިދޫގެ މަރުކަޒުގައި ތިބޭ މީހުން އައިލާއިން ހަވާލުނުވާ މައްސަލަ ކުރިން އައި ނަމަވެސް، މިހާރު އެފަދަ މައްސަލަތައް މަދު ކަމަށް ވަޒީރު ވިދާޅުވި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން، 29 މީހެއް އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ސޯޝަލް އަދި ފެމިލީ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެ ވުޒާރާއިން ލައިވްކުރި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ގުރައިދޫގެ މަރުކަޒުގައި ތިބޭ މީހުން އައިލާއިން ހަވާލުނުވާ މައްސަލަ ކުރިން އައި ނަމަވެސް، މިހާރު އެފަދަ މައްސަލަތައް މަދު ކަމަށެވެ.

Advertisement

އަދި އެ މަސައްކަތުގެ ތެރެއިން މިހާރު ވެސް 29 މީހަކު އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު އެގޮތުން ގާތްގަނޑަކަށް 29 މީހުން އެބަ ތިބި ތައްޔާރުވެފައި އާއިލާތަކާ ހަވާލުވާން،
ސޯޝަލް އަދި ފެމިލީ ވަޒީރު ޑރ. އައިޝަތު ޝިހާމް

ވަޒީރު ވިދާޅުވީ އުމުރުން ދުވަސްވީ ފަރާތްތަކަށް އާއިލީ ލޯތްބަކީ މުހިންމު އެއްޗެއް ކަމަށާއި، އެކަން ޙާސިލްކުރުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެެވެ. އަދި މިހާރު އާއިލާއާ ހަވާލުކުރެވޭ 29 މީހުންނަކީ ވެސް އެ މަސައްކަތުގެ ތެރެއިން އާއިލާއާ ހަވާލުކުރެވޭ ބައެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް