Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 22:22
މޫސުން ގޯސް ދުވަހެއް
މޫސުން ގޯސް ދުވަހެއް
ރާއްޖެއެމްވީ
މޫސުން
ދެކުނަށް ވިއްސާރަ ނަމަވެސް، މެދު ރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް ގަދަވެ ވައި ބާރުވާނެކަމަށް ލަފާކޮށްފި
މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ ބުރާސްފަތި ރޭގެ ދަންވަރު ދޭއް ޖެހުމާ ހަމައަށް
މެދުރާއްޖޭގެ ކަނޑުތައް ގަދަވެ، ވައި ޖެހޭނީ ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި

ވިއްސާރަ ވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެނު ނަމަވެސް، މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ ވައިބާރުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މި ހުދު ސަމާލު ނެރެފައިވަނީ ބުރާސްފަތި ރޭ ދަންވަރު ދޭއް ޖެހުމާ ހަމައަށެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ސަމާލުގައި ބުންޏެވެ.

Advertisement

ހުކުރު ދުވަހުގެ ހެނދުނު 6ށް މޫސުން ލަފާކުރާ ގޮތުން، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރި ނަމަވެސް، މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އެހެން ނަމަވެސް، އާންމުކޮށް ރާއްޖޭގެ އެންމެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވިނަމަވެސް، އުތުރާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު، ވައި ޖެހޭނެކަމަށް ލަފާކުރެވެނީ މެދުރާއްޖެއަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް