Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 18:26
ރައީސް މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސް މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު
ރައީސް ތ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސް ކުރެއްވީ 3 ދުވަހުގެ ދަތުރުފުޅެއް
އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދޫއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ތ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހުގެ ހަވީރު މާލެ ވަޑައިގެންފިއެވެ.

ތ.އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދޫއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

Advertisement

ރައީސް މި ދަތުރުފުޅުގައި އެކިރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލުތަކުން ވެސް އެރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މާލީ ތަނަވަސްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސަކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށާއި އިގްތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު މިދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގައި ފާހަގަކުރެއްވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް