ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 12:24
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ
މަޖިލިސް
ފްލެޓުތައް ދޫކުރުން ލަސްކުރާ މައްސަލަ
ފްލެޓްތައް ދޫކުރުން ލަސްކުރަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން، ރައްޔިތުން މުޒާހަރާއަށް ނުކުންނަންޖެހޭ: މެންބަރު ޔައުގޫބް
 
ފްލެޓުތައް ބަހާލަން އޮތީ ނިންމާފައި ކަމަށް ތުހުމަތުކުރެއްވި
 
ކޮމިޝަންގެ މެންބަރުން މަޖިލީހަށް ހާޒިރުކޮށް މައްސަލަ ބަލަންޖެހޭ
 
އޭސީސީން މަސައްކަތް ކުރަމުންދަނީ ސްކޯޕުން ބޭރުން

ފްލެޓްތައް ދޫކުރުން ލަސްކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށާއި، ފްލެޓްތައް ދޫކުރަންދެން ރައްޔިތުން މުޒާހަރާއަށް ނުކުންނަންޖެހޭ ކަމަށް ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓު ދޫކުރުމަށް ގޮވާލައި ހުށަހެޅި މައްސަލާއާ ގުޅޭގޮތުން މެންބަރު ޔައުގޫބު ވިދާޅުވީ މި 4000 ފްލެޓް މިސަރުކާރުން ބޭނުންކުރަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހައުސިން މިނިސްޓްރީ ގުޅިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ސީދާ ރައްޔިތުންނަށް ނުފޫޒު ފޯރުވައި، އެމީހުންނަށް ބިރު ދެއްކުމަށް ކަމަށެވެ. އަދި މި މަސައްކަތުގައި އެންމެ ބުރަކޮށް އުޅެނީ އެސީސީން ކަމަށް މެންބަރު ޔައުގޫބު ތުހުމަތު ކުރެއްވިއެވެ.

މެންބަރު ޔައުގޫބު ވިދާޅުވީ އޭސީސީން މަސައްކަތް ކުރަމުންދަނީ ސްކޯޕުން ބޭރުން ކަމަށާއި، އެ ކޮމިޝަންގެ މެންބަރުން މަޖިލީހަށް ހާޒިރުކޮށް މައްސަލަ ބަލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޔައުގޫބު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މި 4000 ފްލެޓްގެ ތެރެއިން 2400 ފްލެޓްގެ 93 ދާއިރާއަށް ކޮންމެ ދާއިރާއަކަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް 25 ފެލެޓުގެ މަގުން ބަހާލަން ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑު ގޮވާލަން މި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މެންބަރުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މިތަނަށް ހާޒިރުކޮށް، އެމީހުންގެ މައްސަލަ ބަލައި، އެމީހުންނާއި މެދު އެޅެން އޮތް ފިޔަވަޅަކީ ކޮބައިތޯ ބަލައި، އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް. އެމީހުން މަގާމުން ވަކިކުރަންވެއްޖެއްޔާ މަގާމުން ވެސް ވަކިކުރަން. ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މި 4000 ފްލެޓްގެ ތެރެއިން 2400 ފްލެޓްގެ 93 ދާއިރާ ކޮންމެ ދާއިރާއަކަށް އެމީހުންގެ ކޮންމެ ކެންޑިޑޭޓަކަށް 25 ފެލެޓްގެ މަގުން ބަހާލައި ބާކީ 75 ފެލްޓު ވަޒީރުންނަށް ދޭ ގޮތަށް ނިންމާފައި. ކަނޑައެޅިގެން ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ

މިމައްސަލައިގައި މުޒާހަރާއަށް ނުކުންނަންޖެހޭކަން ފާހަގަކުރައްވައި މެންބަރު ޔައުގޫބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ލިބިފައިވާ ރައްޔިތުން، ފްލެޓުތައް ހަވާލުކުރަން ދެން ސިލްސިލާ މުޒާހަރާތަކެއް ކުރަންޖެހޭ ކަމަށެވެ.

އަޅުގަނޑު މިއަދު ގޮވާލަން 4000 ފްލެޓް ލިބުނު ރައްޔިތުންނަށް މިއަދުން މިއަދަށް އެފްލެޓްތައް އެމީހުންނާއި ހަވާލުކުރަންދެން ކޮންމެ ދުވަހަކު ރައީސް އޮފީހުގެ ކުރިމައްޗަށް އަދި ހައުސިން މިނިސްޓްރީ ދޮށަށް ގޮސް މުޒާހަރާ ކުރަން. ދިވެހި ރައްޔިތުންނަށް ދޭ ޔަގީންކަމަކީ 70 ފަހަރު މި މަޖިލީހަށް ހައުސިން މިނިސްޓަރު ނަން ރުހުން ހޯދަން ފޮނުވިއަސް އަޅުގަނޑުގެ ރުހުމެއް ހައުސިން މިނިސްޓަރަށް ނުލިބޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަޖިލީހުގެ އިދިކޮޅު އެއްވެސް ޕާޓީއެއްގެ އެއްވެސް މެންބަރެއްގެ ރުހުމެއް ހައުސިން މިނިސްޓަރަށް ނުލިބޭނެ. ޚާއްސަކޮށް 4000 ރައްޔިތުންގެ ހައްގުތަކަށް އަރައިގެން އެ ހައްގުތައް ނިގުޅައިގަންނަމުންދާތީވެ. އެސީސީން ކުރަމުންދާ މަސައްކަތް ސަރުކާރުން ކުރާ މަސައްކަތް ރައީސް ތަކުރާރުކޮށް އިތުރުފުޅު ހައްދައްވަމުން ގެންދާވާތީ އެކަން ކުށްވެރި ކުރަން.
ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބް އަބްދުﷲ

މެންބަރު ޔައުގޫބުގެ އިތުރުން ވެސް މި މައްސަލައިގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އޭސީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭސީސީއަކީ މިހާރު ސިޔާސީ ތަނެއް ކަމަށާއި، އޭސީސީގެ މެންބަރުން ސިއްރު ބައްދަލުވުންތަކެއް ބާއްވަވާ މަޝްވަރާތަކެއް ކުރަމުންދާކަން ވެސް މެންބަރުން ވިދާޅުވެފައިވެއެވެ. ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމުން ދެވަނަ ފަހަރަށް ވެސް އެމަގާމަށް ޑރ.ހައިދަރު އައްޔަން ކުރެއްވި މަގުސަދު މިއަދު ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި ގިނަ މެންބަރުން ވަނީ ފްލެޓު ދިނުން ލަސްކުރާތީ އެކަން ކުށްވެރިކޮށް ވީ އެންމެ އަވަހަށް ހައްގުވެރިންނަށް ފްލެޓުތައް ދޫކުރުމަށް ގޮވާލައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
ވަޒީފާގެ ބިރު ދައްކަމުންދާކަމަށާއި އިލެކްޝަންސް ކޮމިޝަނުން މިކަން ބެލުމަށް އެމްޑީޕީން ގޮވާލައިފި
ޕްރޮޖެކްޓްތައް ހިންގަން މިސަރުކާރަށް މަޖިލިސް މުހިންމެއް ނޫން، އެއީ ވެސް ހުސްދޮގު
ޓިކެޓް ލިބުނު ކެނޑިޑޭޓް ބަހައްޓާފަ ސަރުކާރު ވަޒީރުން އެހެން ކެނޑިޑޭޓެއްގެ ފަހަތުގައި، ރައީސަށް ނޭނގެނީބާ؟
ފެނިގެން މިދަނީ ރައީސް މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް: އެމްޑީޕީ
އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި