Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 13:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ގަވާއިދާއި ޚިލާފަށް ބޭރު މީހުން ގެންނަ މައްސަލަ
ގަވާއިދާއި ޚިލާފަށް ބޭރު މީހުން ގެންނަ މައްސަލަ - ސަރުކާރު މެންބަރުން ޖެހީ ރެޑް
މި މައްސަލަ ކޮމިޓީ އަށް ފޮނުވުމަށް ފެންނަ ކަމަށް 29 މެމްބަރުން އަދި ނުފެންނަ ކަމަށް 3 މެމްބަރުން ވަނީ ވޯޓުދެއްވާފައި
މި މައްސަލަ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
މައްސަލަ އަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ގަވާއިދާއި ޚިލާފަށް ބޭރު މީހުން ގެންނަ ކަމަށާއި، ވަޒީފާ އާއި ބެހޭ ޤާނޫނާ ޚިލާފަށް ސަރުކާރުން އަމަލުކުރާ ކަމަށް ބުނާ މައްސަލަ ބެލުމަށް ސަރުކާރު މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. މި މައްސަލަ ކޮމިޓީ އަށް ފޮނުވުމަށް ފެންނަ ކަމަށް 29 މެމްބަރުން އަދި ނުފެންނަ ކަމަށް 3 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

އަންގާރަ ދުވަހު ހުށަހެޅި މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 23 މެންބަރުންގެ ވޯޓާއި އެކުގައެވެ. މި މައްސަލަ އަށް ބަހުސްކުރަން ނުފެންނަކަމަށް 6 މެންބަރުން ވޯޓުދެއްވިއެވެ. މި މައްސަލަ އަށް ބަހުސްކުރަން ފާސްކުރަން ބޭނުންވަނީ 15 މެންބަރުންގެ ވޯޓުކަމަށް ވުމާއެކު މި މައްސަލަ އަށް ބަހުސްކުރަން ވަނީ ފާސްވެފައެވެ. މައްސަލަ އަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބުނަނީ އެއް ޤައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނީ އެއް ލައްކަ މީހުން ކަަމަށެވެ. "ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިން އެއްލައްކަ ތިރީސް ނުވަހާސް ދުއިސައްތަ ވިހި (139220) ބަންގްލަދޭޝް އެކްޓިވް ވަރކް ޕަރމިޓް ހޯލްޑަރސް ތިބި ކަމަށް އެބައޮތެވެ. ނަމަވެސް މި ސަރުކާރުން ވަނީ ބަންގްލަދޭޝް މީހުން އަންސްކިލްޑް ލޭބަރ އަށް ގެންނަން ނިންމާފައެވެ. ސަރުކާރުން އެގޮތަށް އަމަލު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރަމުން ދަނިކޮށް، "ފޮރިން ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓާ ޓްވިޓަރ އިން ފޮހެލާފައިވާތީ އެއީ އިކޮނޮމިކް މިނިސްޓްރީން ގާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަަަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައިގައި ވަނީ ބުނެފައެވެ.

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ޤާނޫނު އަސާސީ އަށް ތަބާވާން ޖެހޭ ކަމަށާއި، އެއާއި ޚިލާފަށް މިނިސްޓަރު އަމަލުކޮށްފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅާ ކަމަށް މެންބަރު ހިސާން ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް