ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 13:13
ހިތަދޫ ޒޯން 1ގެ ބިން ހިއްކުން
ހިތަދޫ ޒޯން 1ގެ ބިން ހިއްކުން
އަޙްމަދު ފާރިސް
އައްޑޫ ގޯތި
އައްޑޫސިޓީ ހިތަދޫ އަވަށުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުނަގާ ގަޑިތައް އާންމުކޮށްފި
07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އިން ފެށިގެން އައްޑޫހައި ސްކޫލްގެ ހޯލްގައި ކުރިއަށްދާނެ
ފުރަތަމަ ގުރުނެގުމަށް ހަމަޖެހިފައިވަނީ ކެޓެގަރީ A އިން ދޫކުރާ 450 އަދި ކެޓެގަރީ B އިން ދޫކުރާ 50 ގޯއްޗަށް

އައްޑޫ ސިޓީން ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމަށް، ގުރުލުމުގެ މަސައްކަތް ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ -A" އަދި "ހިތަދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ކެޓެގަރީ - B" ގައި ހިމެނޭ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުނެގުން 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އިން ފެށިގެން އައްޑޫހައި ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ފުރަތަމަ ގުރުނެގުމަށް ހަމަޖެހިފައިވަނީ ކެޓެގަރީ A އިން ދޫކުރާ 450 އަދި ކެޓެގަރީ B އިން ދޫކުރާ 50 ގޯއްޗަށްކަން ފާހަގަކޮށް ކައުންސިލުން ވަނީ ގުރުނަގާ ގަޑިތައް އާންމުކޮށްފައެވެ.

  1. ޝުމާރު ނަންބަރު 01 – 150 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 07 ވަނަ ދުވަހުގެ 14:30 އިން ފެށިގެންނެވެ.
  2. ޝުމާރު ނަންބަރު 151 – 300 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 08 ވަނަ ދުވަހުގެ 14:00 އިން ފެށިގެންނެވެ.
  3. ޝުމާރު ނަންބަރު 301 – 500 އަށް ގުރު ނެގުން އޮންނާނީ 2024 ފެބުރުވަރީ 10 ވަނަ ދުވަހުގެ 09:00 އިން ފެށިގެންނެވެ.

ގުރުނެގުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންޖެހެއެވެ.

ބަދަލުގައި މީހަކު ފޮނުވާނަމައިޢުލާނާއިއެއްކަރުދާސް ކުރެވިފައިވާ ސިޓީ ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިނުގަނެވޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންޖެހެއެވެ.

- ކޮމެންޓް