ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 11:39
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންދްރޯ މާޓިނޭޒް
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންދްރޯ މާޓިނޭޒް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
މާޓިނޭޒް އަށް އަނިޔާވެ، އަނެއްކާވެސް ކުޅުމާ ދުރަށް
 
މި ސީޒަންގެ މިހާތަނަށް އޭނާ އަށް ވަނީ 22 މެޗު ގެއްލިފައި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް އަށް އަނިޔާވެ އަނެއްކާ ވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އެންމެ ފަހުން ލިބުނު އަނިޔާ އިން ރަނގަޅުވެ، މާޓިނޭޒް ކުޅުމުގެ ތެރެއަށް އައީ މިދިޔަ މަހު އެވެ. އެފަހަރު ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ.

އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އަނެއްކާ ވެސް މާޓިނޭޒް އަށް ވަނީ އަނިޔާވެފަ އެވެ. އޭނާގެ ފައިގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އޭގެ ފަހުން ކުރިއަށް ގެންދިޔަ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި، މާޓިނޭޒް އަނެއްކާ ވެސް ކުޅުމާ ދުރަށް ދާން ޖެހެ އެވެ. އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް ދެ މަސް ދުވަސް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

އަނިޔާ އަށް ފަހު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި މާޓިނޭޒް އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، މި ސީޒަންގެ މިހާތަނަށް އޭނާ އަށް ވަނީ 22 މެޗު ގެއްލިފަ އެވެ. މި ސީޒަންގައި އޭނާ އަށް ކުޅެވިފަައި ވަނީ 10 މެޗެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެފައި ވަނީ އަށް މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް