ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 09:12
ގައުމީ ސާފިންގ ކޯޗު އިބޫ
ގައުމީ ސާފިންގ ކޯޗު އިބޫ
ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސާފިންގ ކޯޗަކަށް އިބޫ
ގައުމީ ސާފިން ކޯޗަކަށް އިބޫ
އިބޫ ވަނީ ރިޓަޔަރކޮށްފައި

ގައުމީ ސާފިންގ ޓީމްގެ ކޯޗަކަށް, ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި, އެންމެ ކާމިޔާބު ސާފަރު ހުސައިން އަރީފް (އިބޫ) ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަނަށްފަހު ރިޓަޔަރ ކުރި އިބޫއަށް ގައުމީ ޓީމް ހަވާލުކުރިކަން ސާފިންގ އެސޯސިއޭޝަނުން އިއުލާންކުރީ ހޯމަ ދުވަހުގެ ރެއެވެ. އިބޫއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެސޯސިއޭޝަނުން ބުނީ ވަގުތުން އިބޫ މަސައްކަތް ފަށާނެ ކަމަށެވެ. އިބޫގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ސާފަރުންނަށާއި ސާފިންގ ކޮމިއުނިޓީއަށް ކުރިއެރުން އަންނާނެކަމަށް އެސޯސިއޭޝަނުން ދެކެއެވެ.

އިބޫއަކީ 8 ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި ހުނަރުވެރި އެތްލީޓެކެވެ. 46 އަހަރުގައިވެސް އެންމެ މަތީގައި އައީ ފައި ހަމަ ކުރަމުންނެވެ. މިދިޔަ ސީޒަންގައިވެސް ލީގު ހޯދިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް