ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 14:16
ނިއުރޭޑިއަންޓްގެ ކުޅުންތެރިން ދެ ވަނަ ޑިވިޝަނުގައި ކުޅެނީ
ނިއުރޭޑިއަންޓްގެ ކުޅުންތެރިން ދެ ވަނަ ޑިވިޝަނުގައި ކުޅެނީ
ފޭސްބުކް
ދެ ވަނަ ޑިވިޝަން
ގަދަ އަށެއްގައި ނިއު، ވިކްޓަރީ، ލެގޫންސް އަދި މަސްއޮޑި
 
ނިއު އާއި ވިކްޓަރީ ކުރެ ފުރަތަމަ ޑިވިޝަނަށް އަރާނީ ކޮންމެވެސް އެއް ޓީމެއް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަދަ އަށެއްގެ ކުޅުން މިއަދު ގަލޮޅު ދަނޑުގައި ފަށާނެ އެވެ.

ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތާގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ބީޖީ ސްޕޯޓްސް ކުލަބެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ޕީކޭ ނުކުންނާނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް ކުލަބު ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު އެވެ. އަދި ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ ލެގޫންސް ސްޕޯޓްސް ކުލަބާއި ޓެންޓް ސްޕޯޓްސް ކުލަބެވެ.

މިގޮތަށް ތަރުތީބު އޮތުމުން މަސްއޮޑި އާއި ބީޖީ ކުޅޭ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ކުޅޭނީ ޓެންޓާއި ލެގޫންސްކުރެ ޓީމަކާ އެވެ. ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅޭ މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ ނިއު އާއި ޕީކޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިހެންވެ ސެމީ ފައިނަލުގައި ރާއްޖޭގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ނިއު އާއި ވިކްޓަރީގެ މެޗެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ ފައިނަލް ކުޅޭ ދެ ޓީމަށެވެ. މިހެންވެ ނިއު އާއި ވިކްޓަރީ ކުރެ ފުރަތަމަ ޑިވިޝަނަށް އަރާނީ ކޮންމެވެސް އެއް ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
50%
0%
50%
0%
0%
0%
ކޮމެންޓް