ވުލްވުސްގެ މެތިއުސް ކުންހާ ޗެލްސީ ކޮޅަށް ހެދި ހެޓްރިކާއެކު, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ގަދަ 10 ން ވެސް ބޭރަށް ޗެލްސީ ސޮއްސާލައިފި އެވެ.
ޗެލްސީ ދަނޑުގައި ވުލްވުސް އިން ކުރިހޯދީ 4-2 ނެވެ. މެޗު ވުލްވުސް އިން ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖަހާ ޗެލްސީން ކުރި ހޯދާފައި ވަނިކޮށެވެ. 19 ވަނަ މިނިޓްގައި ޗެލްސީއަށް ކުރިހޯދައިދިނީ ކޯލް ޕަލްމާއެވެ. ވުލްވުސް އިން ވަނީ ދެ މިނިޓްގެ ތެރޭގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި ހެޓްރިކް ހެދި މެތިއުން ކުންހާ އެވެ. ތިން ކަނޑުގެ ތެރެއިން ފަހު ލަނޑު އޭނާ ޖެހީ ޕެނަލްޓީ އަކުންނެވެ. ވުލްވުސް އަށް ފުރަތަމަ ފަހަރަށް ކުރި ލިބުނީ މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޗެލްސީގެ ޑިސާއީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ވުލްވުސް އިން ހަތަރު ލަނޑު ޖެހިފަހުން ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރ ތިއާގޯ ސިލްވާ އެވެ.
މިމެޗުގައި ޖެހި ތިން ލަނޑާއެކު މެތިއުސް ކުންހާ ވަނީ ލީގުގައި ކުޅުނު 23 މެޗުން 9 ގޯލް ޖަހާފައެވެ. އަދި 6 ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނެވެ. މޮޅާއެކު ވުލްވުސް ވަނީ ތާވަލްގެ 10 ވަނަ އަށް ޖެހިލާފައެވެ. ޗެލްސީ ވަނީ 10 ވަނައިން 11 ވަނަ އަށް ސޮއްސާލާފައެވެ.