އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް މޮޅުވާން ދަނިކޮށް, މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަންއިން ޕޮއިންޓެއް ހޯދައިފި އެވެ.
އެވަޓަން އިން ލަނޑު ޖެހީ 2-1 ން ޓޮޓްނަމް މޮޅުވާން ދިޔަ މެޗުގެ އިތުރު ވަގުތުގެވެސް ހަތަރު ވަނަ މިނެޓުގައެވެެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަނޑު ޖަހައިގެން ޓޮޓްނަމްއަށް ފުރަތަމަ ކުރި ހޯދައިދިނީ ރިޗާލިސަން އެވެ. 30 ވަނަ މިނެޓުގައި ހެރިސަން ލަނޑު ޖަހާ އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ރިޗާލިސަން އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ޓޮޓްނަމް އަށް ކުރި ހޯދައިދިނެވެ. އެ ނަތީޖާގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓާ ހަމައަށް އޮތެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޓޮޓްނަމް ހުއްޓުވާ, އެވަޓަން އަށް ޕޮއިންޓެއް ހޯދައިދިނީ ބްރަންތްވެއިޓް އެވެ.
މެޗުން މޮޅުވެގެން ހަތަރު ވަނައިގައި އެސްޓަން ވިލާއާ އެ އަދަދަކަށް ޕޮއިންޓް ހޯދުމުގެ ފުރުޞަތު ޓޮޓްނަމް އަށް އޮތަސް, މިހާރު ފަސް ވަނައިގައި އޮތީ ދެ ޕޮއިންޓްގެ ފަރަގަކާ އެކުއެވެ. އެސްޓަން ވިލާ ވަނީ 5-0 ން ޝެފީލްޑް ބަލިކޮށްފައެވެ. އެވަޓަން އޮތީ ރެލިގޭޝަން ޒޯންގައެވެ.