ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 21:11
އެމެރިކާގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް
އެމެރިކާގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް
ރޮއިޓަސް
އިރާގާއި ސޫރިޔާއަށް އެމެރިކާގެ ހަމަލާތަކެއް
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
ބައިޑެން އިންޒާރު ދެއްވީ މީގެ އެތައްކަމެއް މުސްތަޤުބަލުގައި ފެންނާނެކަމަށް

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެ އެތައްބަޔަކު ޒަޚަމް ވެއްޖެއެވެ.

މިއީ މިދިޔަ ހަފުތާ ބަންދުގައި އުރުދުންގައި އެމެރިކާ ސިފައިންގެ ތިން މީހަކު ޝަހީދުކޮށްލި ޑްރޯން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްކަމަށް އެމެރިކާއިން ބުނެއެވެ.

މިހަމަލާތައް އަމާޒުކޮށްފައިވަނީ އިރާގާއި ސޫރިއާގައި ހުންނަ ހަނގުރާމަވެރިންގެ ސަރަހައްދީ ލަޝްކަރުތަކާ އެކު ތެހެރާނުގެ ގުޅުން ބަލަހައްޓާ ގާޑްގެ އެކްސްޕެޑިޝަނަރީ ޔުނިޓް ކަމަށްވާ އައިއާރްޖީސީގެ ޤުދުސް ފޯސް ހިމެނޭ ގޮތަށް ހަތް ތަނަކަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.  އެގޮތުން ޖުމުލަ 85 އަށް ވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ.

ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ކަންތައްތަކެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ 27 އަމާޒަކަށް ހަމަލާދީ 18 މީހުން މަރުވެފައިވާ ކަމަށެވެ.

ހަމަނުޖެހުން އިތުރަށް ހޫނުވިޔަ ނުދިނުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ހަމަލާތައް ސީދާ އީރާނަށް ނުވަތަ އެ ގައުމުގެ ބޯޑަރުތަކުގެ ތެރޭގައި ހިމެނޭ ރިވޮލިއުޝަނަރީ ގާޑް ޤުދުސް ފޯސްގެ އިސް ވެރިންނަށް އަމާޒުކުރުން ހުއްޓިފައިވާ ކަމަށް ބެލެވެއެވެ. އުރުދުންގެ ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގެ ސަބަބުން ކުރާނެ އަސަރަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. އެމެރިކާއިން ދިން އިންޒާރުތަކުގެ ސަބަބުން ހަނގުރާމަވެރިންގެ ލަޝްކަރުގެ މީހުން ފިލާފައިވާ ވެދާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ގިނަ ގައުމުތަކުގެ އެކި ތަންތަނުގައި ގިނަ ގުރޫޕްތަކެއް ހަރަކާތްތެރިވަމުންދާއިރު، ހަނގުރާމަވެރިންނަށް މާބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

އީރާނަށް ތާއީދުކުރާ އެންމެ ބޮޑު އެއް ލަޝްކަރު ކަމަށްވާ ކަތައިބް ހިޒްބުالله އިން އެމެރިކާގެ ސިފައިންނަށް ދޭ ހަމަލާތައް މެދުކަނޑާލަމުން އަންނަ ކަމަށް ބުނި ނަމަވެސް، އަނެއް ބަޔަކު ވަނީ ފަލަސްތީނުގެ ހަނގުރާމައިގެ ޗެމްޕިއަނުންގެ ގޮތުގައި އަމިއްލަ އަށް ބުނެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފައެވެ.

"އަހަރެމެންގެ ޖަވާބެއް ފެށުނީ މިއަދު. އަދި އަޅުގަނޑުމެން ބޭނުންވާ އެހެން ތަންތަނުގައި ވެސް މިކަން ދެމިއޮންނާނެ، އަޅުގަނޑުމެންނަށް ގެއްލުމެއް ދޭން މަސައްކަތް ކުރާ އެންމެންނަށް ވެސް މިކަން އެނގެން ވާނެ، އެމެރިކާގެ މީހަކަށް ގެއްލުމެއް ދީފިނަމަ، އަޅުގަނޑުމެން ރައްދު ދޭނަން،"
ބައިޑަން ވިދާޅުވިއެވެ.

ބައިޑެން އާއި އެމެރިކާގެ އެހެން އިސް ލީޑަރުން އެތައް ދުވަހެއް ވަންދެން ވިދާޅުވަމުން ގެންދެވީ އެމެރިކާގެ ކޮންމެ ޖަވާބަކީ ހަމައެކަނި އެންމެ ހަމަލާއަކަށް ނުވާނެ ކަމަށާއި، އެއީ ޒަމާނާ އެކު "ޓަޔަރޑް ރެސްޕޮންސެއް" ކަމަށެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އެ އަމާޒުތައް ހޮވާފައި ވަނީ އާންމުންގެ ފުރާނައަށް ގެއްލުންނުދިނުމަށް ވަރަށް ފަރުވާތެރިކަމާއެކު ކަމަށާއި އެ ތަންތަނަކީ އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކާ ގުޅުން ހުރި ތަންތަން ކަން ސާފު، ސާބިތު ކުރެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެއީ ކޮން ހެއްކެއްކަން ތަފްސީލުކޮށް ދެއްވަން އޭނާ ދެކޮޅު ހެއްދެވިއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މީހުން މަރުވި ނަމަވެސް މަރުވީ ކިތައް މީހުން ކަމެއް ނުބުނެއެވެ.

- ކޮމެންޓް