ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 09:37
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އަދި އަސެންސިއޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ އަދި އަސެންސިއޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފްރާންސް ލީގު
ސްޓްރަސްބާގް ބަލިކޮށް، ޕީއެސްޖީން ލީޑުގައި
 
މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކުން

ފްރާންސް ލީގުގައި ސްޓްރަސްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީޑުގައި ދެމި އޮވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ސްޓްރަސްބާގްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕީއެސްޖީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ، ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ފޮނުވާލި ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖެހީ، މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގަައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ އަސެންސިއޯ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަަސްކުރީ އެމްބާޕޭ އެވެ. މެޗުގައި ސްޓްރަސްބާގްގެ ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި ޖެހީ ޑިލާން ބަކްވާ އެވެ.

މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅުނު 20 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ. ޕީއެސްޖީ އަށްވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި ނީސް އަށް ލިބެނީ 38 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް