Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 06:35
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމުކޮށްފި
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އިލެކްޝަންސް ކޮމިޝަން (އީސީ)ން ގާއިމުކޮށްފިއެވެ.

އީސީން ބުނީ ކޮމްޕްލެއިންޓްސް ބިޔުރޯ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ޤާއިމު ކުރެވިފައިވާކަމަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި ރަށު/ އަވަށު/ އަތޮޅު/ ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެކަމަށް އީސީން ބުނެއެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected]އެވެ.

Advertisement

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ރަމަޟާން މަހުގައި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 13:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށެވެ.

އަދި ވޯޓު ނެގުމަށް ހަމަޖެހިފައިވާ 17 މާރިޗު ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް