Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 05:09
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ޕްރައިމަރީއަކާ ނުލާ އެމްޑީޕީ ޓިކެޓް އިތުރު ތިން ބޭފުޅަކަށް ކަށަވަރުވެއްޖެ
ޓިކެޓް ކަށަވަރުވި ތިން ބޭފުޅުންނަކީ ޔާސިރު އަބްދުލްލަތީފް، އަބްދުﷲ ވަހީދު އަދި އިފްހާމް ހުސައިން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ޕްރައިމަރީއަކާ ނުލާ އިތުރު 3 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ.

ޓިކެޓް ކަށަވަރުވި ތިން ބޭފުޅުންނަކީ މިހާރުވެސް ދިއްދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަބްދުﷲ ވަހީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ ޔާސިރު އަބްދުލްލަތީފް އަދި މާފަންނު އުތުރު ދާއިރާއަށް ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިންއެވެ.

Advertisement

އެމްޑީޕީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ 48 ދާއިރާއަކަށް ޕްރައިމަރީއަކާނުލައި ކެންޑިޑޭޓުން ހަމަޖެހިފައިވާއިރު، ބާކީ 5 ދާއިރާއަކަށް އަދި ކެންޑިޑޭޓުން ހަމަޖެހިފައި ނުވާކަމަށެވެ. އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކުރިޔަށްދާނީ 40 ދާއިރާއެއްގެ އިންތިޚާބެވެ. މިއިންތިޚާބުގައި 25،325 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

މި އިންތިޚާބަށް ރާއްޖޭގެ 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓޭއިރު، މާލޭގައި 27 ފޮއްޓެއް ބެހެއްޓޭނެއެވެ. މިއިންތިޚާބުގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓަކު ބައިވެރިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް