ބާ ކައުންސިލުގެ ރައީސް އިސްމާއީލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އަދި ކުޅަދާނަ ޤާނޫނީ ވަކީލް އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް ކަމަށެވެ.
އަދި ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެކަމަށް ސާލިޙު ވިދާޅުވިއެވެ.
ސާލިޙު ވަނީ މި ހިތާމަވެރި ވަގުތު އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.