Advertisement
ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 22:32
އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒް އިސްމާއީލް
އެމްޑީޕީގެ ޗެއަރޕަރސަން، ފައްޔާޒް އިސްމާއީލް
ރާއްޖެއެމްވީ
ފައްޔާޒުގެ ރައްދު
އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ދިޔަ މެމްބަރުން އަނބުރާ ޕާޓީއަށް ގެނައުމަށް މަސައްކަތެއް ނުކުރަން: ފައްޔާޒު
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވަނީ، މެމްބަރުން އަނބުރާ ގެންދަން އެމްޑީޕީން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާފައި

ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަނބުރާ އެމްޑީޕީއަށް ގެންދިއުމަށް އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް އެ މެމްބަރުންނަށް ފައިސާ ހުށަހަޅުއްވާކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ވާހަކަފުޅު ފައްޔާޒު ދޮގުކުރައްވައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ހޯމަ ދުވަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގަތް މެމްބަރުން އަނބުރާ އެމްޑީޕީއަށް ގެންދިޔުމަށް ފައްޔާޒު ފައިސާ ހުށަހަޅުއްވަމުން ގެންދަވާކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން "ރާއްޖެއެމްވީ"އަށް ފައްޔާޒު ވިދާޅުވީ، އެ މެމްބަރުން އަނބުރާ ގެނައުމުގެ އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ.

މީގެ އިތުރުން، ސަލީމުގެ ވާހަކަފުޅުގައި ފައްޔާޒަކީ އިންސާނުންގެ ތެރޭގައިވާ ޝައިތާނެއްކަމަށް ސިފަކުރައްވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އިންސާނަކަށް ޝައިތާނޭ ގޮވާ މީހާ އެއީ ކޮންކަހަލަ މަޚުލޫގެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ ގުޅިގެން މަޖިލިސް ތެރޭގައި މާރާމާރީ ހިންގާފައިވެއެވެ.

އަނެއްކޮޅުން އެމްޑީޕީގެ ޕީޖީގައި ހިމެނޭ 13 މެމްބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު މިހާރު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވަނީ 44ށް މަދުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް