Advertisement
ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 21:50
އިންތިޚާބާއި ބެހޭ މަރުކަޒު
އިންތިޚާބާއި ބެހޭ މަރުކަޒު
ރާއްޖެއެމްވީ
ވޯޓާސް ލިސްޓް އާންމުކުރުން
ވޯޓާސް ރަޖިސްޓްރޭޝަނަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓް އާންމުކޮށްފި
746 ޝަކުވާ ހުށަހަޅާފައިވޭ
މިހާރު އާންމުކޮށްފައިވާ ލިސްޓަށް ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ

މަރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ގެނެވުނު ބަދަލުތައް އިލެކްޝަންސް ކޮމިޝަން(އީސީ)ން އާންމުކޮށްފިއެވެ.

ވޯޓާސް ލިސްޓް ގެޒެޓްގައި އާންމުކޮށްފައިވަނީ ޖެނުއަރީ މަހުގެ 10 ދުވަހުއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހަމަވިއިރު އެމުއްދަތުގެ ތެރޭގައި 746 ޝަކުވާ ހުށަހަޅާފައިވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓު ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކް ކުރެވޭނެއެވެ.

Advertisement

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ ޖަނަވަރީ 30 އިން 2024 ފެބުރުވަރީ 10 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި  ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އީސީން ބުނެއެވެ.

އީސީން ބުނެފައިވަނީ 17 މާރިޗު 2024 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް