ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 19:40
ޝަހީދު ކޮށްލެވުނު ފަލަސްތީން ގެ ހަނގުރާމަވެރިއެއް ކައިރީ އެހީތެރިން ޖަމާވެފައި
ޝަހީދު ކޮށްލެވުނު ފަލަސްތީން ގެ ހަނގުރާމަވެރިއެއް ކައިރީ އެހީތެރިން ޖަމާވެފައި
ސައުދީގެޒެޓް
އިސްރާއިލް ސިފައިން ޑިސްގައިސް ގަ ވަދެ ފަލަސްތީން
އިސްރާއިލް ސިފައިން މެޑިކަލް ސްޓާފުންގެ ހެދުމުގައި ހޮސްޕިޓަލަކަށްވަދެ ފަލަސްތީންގެ ތިން މުޖާހިދުން ޝަހީދުކޮށްލައިފި
 
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އިސްރާއިލްގެ ކޮމާންޑޯ ސިފައިންގެ 12 ވަރަކަށް މީހުން ނަރުހުންގެ ހެދުމާ މޫނުބުރުގާއެޅިހެދުން އަދި އެއްބަޔަކު ވީލްޗެއާ ކޮއްޕަމުން ހަތިޔާރާއެކު ހޮސްޕިޓަލް ތެރެޔަށް ވަދެފަ

އިސްރާއިލް ސްޕެޝަލް ފޯސަސްގެ ސިފައިން، މެޑިކަލް ސްޓާފުންނާއި އާދައިގެ ހެދުމުގައި ހުޅަނގު އައްސޭރީގެ އިބްނު ސީނާ ހޮސްޕިޓަލަށް ވަދެ ފަލަސްތީން ތިން ހަނގުރާމަވެރިން ޝަހީދު ކޮށްލައިފިއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އިސްރާއިލްގެ ކޮމާންޑޯ ސިފައިންގެ 12 ވަރަކަށް މީހުން ނަރުހުންގެ ހެދުމާ އާދައިގެ ހެދުން އަދި މޫނުބުރުގާއެޅިހެދުމުގައި، އެއްބަޔަކު ވީލްޗެއާ ކޮއްޕަމުން ހަތިޔާރާއެކު ހޮސްޕިޓަލް ތެރެޔަށް ވަދެފައި ވެއެވެ. މީގެ ތެރެއިން އެއްބަޔަކު ބޭބީ ކެރިއަރ އަކުން ހަތިޔާރުނަގާތަންވެސް ފެނެއެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި މިހަމަލާގައި ޝަހީދުކޮށްލާފައިވަނީ ޖެނީން ބްރިގޭޑްގެ ހަގުރާމަވެރިންގެ ތިން މެމްބަރުންނެވެ. މީގެތެރޭގައި ދެބެންވެސް ހިމެނެއެވެ. ޖެނީން ބްރިގޭޑް އަކީ ހުޅަގު އައްސޭރީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނު ފެކްޝަން އެއްގެ ގޮތްޕެކެވެ.

އިސްރާއިލްގެ ޑިފެންސް މިނިސްޓްރީ އިން ވަނީ މަރާލެވުނީ ހަމާސް އަދި އިސްލާމިކް ޖިހާދްއާ ގުޅުންހުރި ޓެރަރިސްޓުންކަމަށް ބުނެފައެވެ.އަދި އިސްރާއިލް ސަރުކާރުގެ މިނިސްޓަރަކުވަނީ މިއޮޕަރޭޝަން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

"ޑިސްގައިސް" ކޮށްގެން ތިބި ސްޕެޝަލް ފޯސަސްގެ ސިފައިން ވަކިވަކިން ހޮސްޕިޓަލަށް ވަދެ، ތިންވަނަ ފަންގިފިލަޔަށް އެރުމަށްފަހު ފަލަސްތީންގެ ޒުވާން ހަގުރާމަވެރިން ޝަހީދު ކޮށްލީކަމަށް ފަލަސްތީންގެ ސްޓޭޓް ނިއުސް އެޖެންސީން ބުނެފައި ވެއެވެ. ތިންމީހުންގެންދިޔައީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންކަމަށާ ހަމަލާ ދެވުނުއިރު ތިންމީހުންވެސް ތިބީ ނިދާފަކަމަށް އިބްނު ސީނާ ހޮސްޕިޓަލްއިން ބުނެފައި ވެއެވެ.

އަންގާރަ ދުވަހު ހެދުނު ދިންމިހަމަލާ ވަނީ ފަލަސްތީންގެ މިނިސްޓްރީ އޮފް ހެލްތުންވެސް ކުށްވެރި ކޮށްފައެވެ. އަދި ހޮސްޕިޓަލްތަކާ އެހެން ވެސް އިމަޖެންސީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އދގެ ޖެނެރަލް އެސެމްބްލީ އަށާ އެންޖީއޯތަކަށް ގޮވާލާފައި ވެއެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް