Advertisement
ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 17:25
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުން
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުން
ރައްޔިތުންގެ މަޖިލިސް
ވަޒީރުންނަށް ރުހުން ދިނުން
މަޖިލީހުން ރުހުން ނުލިބުމުން އިތުރަށް އެނަންތައް ކެބިނެޓްގައި ހިމަނަން ފޮނުވިދާނެ ކަަމަށް ޤަބޫލެއް ނުކުރެވޭ - ބިގޭ
އަލުން އެ ބޭފުޅުންނަށް ރުހުން ދިނުމާއި މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ޤާނޫނީ ލަފާގެ މަތިން
އެ ބޭފުޅުންނަށް ރުހުން ދިނުމާއި މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ޕީޖީ ގްރޫޕްގައި
ރުހުން ނުދޭ ބަޔަކު ދެ ވަނަ ފަހަރަށް ކެބިނެޓަށް އައްޔަންކޮށްގެން ރުހުން ހޯދުމަށް މަޖިލީހަށް ނުފޮނުއްވޭނެ ކަަމަށް ޤާނޫނީ ލަފާ ލިބިފައިވޭ

މަޖިލީހުން ރުހުން ނުލިބުމުން އިތުރަށް އެނަންތައް ކެބިނެޓްގައި ހިމަނަން ފޮނުއްވިދާނެ ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުންނެވެ. އޭނާ ވިދާޅުވީ މަޖިލީހުން ރުހުން ނުދިނުމުން ހަމަ އެ ބޭފުޅުން އަލުން މަޤާމަށް އައްޔަން ކުރެވިދާނެތޯ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ޤާނޫނީ ލަފާދެއްވާ ބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުން ރުހުން ނުދިނުމުން ހަމަ އެ ބޭފުޅުން އަލުން އައްޔަން ކުރުމުގެ ފުރުސަތު ނެތް ކަަމަށް އެ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާ އިރު ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ނުބެލެވޭ ކަަމަށް ބިގޭ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޤާނޫނު ގޮތުން ބަލާ އިރުވެސް އެކަން ކުރެވިދާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރަށް ލަފާދެއްވާ ބޭފުޅުން އެކަން ކުރެވިދާނެ ކަަމަށް ވިދާޅުވާ ސަބަބު ސާފު ނުވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމިއެވެ. ނަމަވެސް ސައީދަށް ރުހުން ދޭން ފެންނަ ކަަމަށް 37 މެމްބަރުން އަދި ރުހުން ނުދޭން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓުދެއްވިއެވެ. އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ. ބާކީ 44 މެމްބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެމްބަރުން، ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެމްބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.

Advertisement

ދެން ތިބި ހުރިހާ ވަޒީރުންނަށް ވަނީ ރުހުން ދީފައެވެ. މަޖިލީހުން ރުހުން ނުދިން ނަމަވެސް ރުހުން ނުދިން ތިން ވަޒީރުން، އަލުން ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އައްޔަންކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް