ޕީޕީއެމް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ކުރީގެ ގިނަ މެމްބަރުންތަކެއް ޓިކެޓް ކަށަވަރުކުރައްވައިފިއެވެ.
ޓިކެޓް ކަށަވަރުކުރެއްވި ކުރީގެ މެންބަރުންގެ ތެރޭގައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް, އަދި 17 އަދި 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ހޮނިހިރު ދުވަހުގެ ހެދުނު 10:00 އިން ހަވީރު 5:00 އަށް ކުރިއަށް ދިޔަ ޕްރައިމަރީގެ ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބުނުއިރު، 73 ދާއިރާއަކަށް ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރި އެވެ.
ޓިކެޓް ކާމިޔާބުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ
* ވިލިމާލެ - މުހައްމަދު އިސްމާއިލް
* ދިއްގަރު ދާއިރާ - އަހުމަދު ނާޒިމް
* ފޭދޫ ދާއިރާ - އިބްރާހީމް ދީދީ
* މާފަންނު މެދު - އަސްމާ ރަޝީދު
* ދިއްދޫ ދާއިރާ - އަބްދުއްލަތީފް މުހައްމަދު
* ތިނަދޫ އުތުރު - ސައުދުﷲ ހިލްމީ
* މިލަންދޫ ދާއިރާ - ހަސަން މުފީދު
* ވެލިދޫ ދާއިރާ - މުހައްމަދު ނަވީޒު
* މަޑުއްވަރި ދާއިރާ - އަހުމަދު ޒާހިރު
* އިނގުރައިދޫ ދާއިރާ - މުހައްމަދު ފަލާހު
* ތުލުސްދޫ ދާއިރާ - އެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ނަސީމް
* މާފަންނު ދެކުނު - އަބްދުﷲ ރިފާއު (ބޮޗޭ)
* ފުވައްމުލަކު މެދު - އަލީ ފަޒާދު
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ މީދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައެވެ.