Advertisement
ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 22:55
ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގެ ވޯޓަރސް ލިސްޓާއި މެދު މައްސަލަތައް ވަނީ ފެންމަތިވެފައި
ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގެ ވޯޓަރސް ލިސްޓާއި މެދު މައްސަލަތައް ވަނީ ފެންމަތިވެފައި
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް އިންތިޚާބު
ޕީޕީއެމް-ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި، ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓުލީ މައްސަލައެއް
އެ ފޮއްޓަށް ވޯޓު ލުމަށް އެންމެ ފުރަތަމަ ދީފައިވަނީ 537 ވޯޓު ކަރުދާސް
ވޯޓު ކަރުދާސް ހުސްވާން ކައިރިވުމުން 100 ވޯޓު ކަރުދާސް ވަނީ ވޯޓުލުމަށް އިތުރަށް ދީފައި
ވޯޓުލުން ނިމުނުއިރު 66 ވޯޓު ކަރުދާސް ބާކީ އޮތް

ޕީޕީއެމް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓުލީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި އެކި ދާއިރާތަކުގައި މަކަރާއި ހީލަތް ހަދަމުންދާކަމުގެ ތުހުމަތު އެ ޕާޓީގެ އާއްމުން ދަނީ ކުރަމުންނެވެ.

Advertisement

ގދ. ގައްދޫ ދާއިރާގެ ފޮއްޓަށް ވޯޓުލެވެނީ ގައްދުއާއި ވާދޫ މީހުންނަށެވެ. މާލޭގައި ބަހައްޓާފައި ހުރި އެ ދާއިރާގެ ވޯޓު ފޮށީގައި ވޯޓު އިތުރުވެފައިވާ މައްސަލަ މިހާރު ރަސްމީކޮށް ޝަކުވާއެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަދި އެ ޝަކުވާގެ ޖަވާބު ޕާޓީން ދީފައެއް ނުވެއެވެ. އެ ފޮއްޓަށް ވޯޓު ލުމަށް އެންމެ ފުރަތަމަ ދީފައިވަނީ 537 ވޯޓު ކަރުދާހެވެ. އޭގެ ފަހުން ވޯޓު ކަރުދާސް ހުސްވާން ކައިރިވުމުން 100 ވޯޓު ކަރުދާސް، ވޯޓުލުމަށް އިތުރަށް ވަނީ ދީފައެވެ. ވޯޓުލުން ނިމުނުއިރު 66 ވޯޓު ކަރުދާސް ބާކީ އޮތެވެ.

ގައްދޫ ދާއިރާގެ މާލޭގެ ނަތީޖާ ޝީޓް

ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ ހޫނުވެ، ބައެއް ވޯޓުފޮށިތައް ކައިރީގައި ހަމަނުޖެހުންތައް ވަނީ ހިންގާފައެވެ. އަދި މަސްލަހަތު ގޯސްވުމުގެ ސަބަބުން ބައެއް ވޯޓު ފޮށިތައް ކައިރީގައި ފުލުހުން ހަރަކާތްތެރިވާން ވެސް ޖެހުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް