Advertisement
ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 19:06
ފިނޭންސްގެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް
ފިނޭންސްގެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް
ރާއްޖެއެމްވީ
ސަރުވަޝް ފިނޭންސް މިނިސްޓްރީން ވަކިވުން
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އެ މިނިސްޓްރީން ވަކިވެވަޑައިގަންނަވަނީ
ފެބްރުއަރީ މަހުގެ ނިޔަލަށް ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށް ސަރުވަޝް ވިދާޅުވި

ފިނޭންސްގެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް، މަގާމުން އިސްތިއުފާދެއްވަން ނިންމައިފިއެވެ.

ބައެއް މީޑިއާތަކުން ވަނީ އޭނާ މަގާމުން ވަކިވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ، މިހާރު އޭނާ ވަނީ އިސްތިއުފާ ސިޓީ ހުށަހަޅުއްވާފައި ކަމަށް ވިދާޅުވެފައެވެ. އަދި ފެބްރުއަރީ މަހުގެ ނިޔަލަށް ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެއީ ކީއްވެގެން ނިންމި ނިންމުމެއް ކަން ސަރުވަޝް ހަމައެއް ނުކުރައްވައެވެ.

Advertisement

ސަރުވަޝް ވަނީ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތުގައި އެންމެ އިސް މުވައްޒަފުގެ މަގާމު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެސް އަދާކުރައްވާފައެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ. އޭގެ ކުރިން ސަރުވަޝް ވަނީ މީރާގެ ޗެއަރމަންގެ މަގާމު ފުރުއްވާފައެވެ. އަދި އެމްއެމްއޭގެ ބޯޑުގައިވެސް ސަރުވަޝް ވަނީ މަސައްކަތް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް