ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 07:29
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
އައިސީޖޭގެ ނިންމުން
އައިސީޖޭ ގެ އަމުރަށް މަރުޚަބާ ވިދާޅުވެ ރައީސް ގޮވާލެއްވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް
 
ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންކަމަށް ރައީސް ވިދާޅުވި
 
ރައީސް ވިދާޅުވީ ކޮންމެ ފުރާނައެއްގެވެސް އަގެއް އޮންނަކަމަށާއި އެހެންކަމުން ކޮންމެ ފުރާނައެއްވެސް ހިމާޔަތް ކުރަންޖެހޭކަމަށް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާއާ ހިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ހުކުރު ދުވަހު އައިސީޖޭއިން ނެރެފައިވާއިރު އެ ހުކުމްގައި ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް އިސްރާއީލުން ކޯޓަށް ހުށަހެޅުމަށްވެސް ވަގުތީ އަމުރުގައިވެއެވެ.

މި އަމުރާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ފުރާނައެއްގެވެސް އަގެއް އޮންނަކަމަށާއި އެހެންކަމުން ކޮންމެ ފުރާނައެއްވެސް ހިމާޔަތްކުރަންޖެހޭކަމަށެވެ.

"ބޮމުގެ ހަމަލާތަކާއި، ގެދޮރު ގެއްލުވާލުމާއި، ނަސްލީ ތަފާތުކުރުންތަކުން ހަމަޖެހުމެއް ނުލިބޭނެ," ރައީސްގެ ޕޯސްޓްގައިވެއެވެ.

އަދި ފަލަސްތީނުގައި ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންކަމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ރައީސް ތަކުރާރުކުރެއްވިއެވެ.

އައިސީޖޭން ވަގުތީ އަމުރެއް ނެރުމަށް ނިންމީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ހުކުމްގައިވެއެވެ.

މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލަ ބާތިލްކުރުމަށް އިޒްރޭލުން ކޯޓުގައި އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ނިންމެވުން އިއްވަވަމުން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
ޤައުމިއްޔަތުގެ ނަމުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ފިތުނަފަސާދަ އުފައްދަވަން: މެންބަރު ފަލާހު
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ