ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 12:03
ރާއްޖެ އާއި އޮސްޓްރޭލިއާ ދިދަ
ރާއްޖެ އާއި އޮސްޓްރޭލިއާ ދިދަ
ރާއްޖެ އާއި އޮސްޓްރޭލިއާ
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ ޖެނެރަލާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، ޖެނެރަލް ޑޭވިޑް ޖޯން ހަރލީއަށާއި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރަށާއި ގަވަރނަރ ޖެނެރަލަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ މެސެޖުގައި، ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައިވެއެވެ. މި ދެ މެސެޖުވެސް އެމަނިކުފާނު ނިންމަވައިލައްވާފައިވަނީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމުގައިފާހަގަކުރައްވަމުންންނެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މިއަހަރަކީ ދެ ޤައުމުގެ ގުޅުމަށް ރަންޔޫބީލް ފުރުން ފާހަގަކުރާ އަހަރެވެ.

 

- ކޮމެންޓް