ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 07:34
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ
ރޮއިޓާސް
ތިއާގޯ ސިލްވާ
އަހަރެންގެ ކެރިއަރު ގާތްގަނޑަކަށް ނިމިއްޖެ: ތިއާގޯ ސިލްވާ
މިހުރީ ފިޓްކޮށް، އެކަމަކު ކުޅުން ކުރިއަށް ގެންދަން އުމުރުވެސް ތަންދޭންޖެހޭ: ސިލްވާ

ޗެލްސީއާ އެކު ހަދާފައިވާ އެގްރީމަންޓް މި ސީޒަނުގެ ނިޔަލަށް ނިމުމާއެކު އޭނާގެ ކެރިއަރު ވެސް ގާތްގަނޑަކަށް ނިމުމަކަށް އަންނާނެ ކަމަށް ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

ބްރެޒިލްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ޑިފެންޑަރު ބުނީ އޭނާ ޗެލްސީއާއެކު މީގެ ތިން އަހަރު ކުރިން ހެދި ކޮންޓްރެކްޓް ހަމަވުމުން އެ އެގްރީމަންޓް އާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"ގާތްގަނޑަކަށް އަހަރެންގެ ކެރިއަރު ނިމިއްޖެ. އެއީ އަހަރެންގެ ނެތް އިތުރަށް ކުރަންޖެހޭ ކަމެއް. މިވަގުތު އަހަރެން މިކުރާ ކަމަކީ އަހަރެންގެ ކުޅުމާއިގެން ކުރިއަށް ގޮސް ހިތްހަމަޖެހިގެން ހުރުން،"
ސިލްވާ ބުންޏެވެ.

އޭނާ ބުނީ ޗެލްސީގެ ކޮންޓްރެކްޓް ނިމުނު ނަމަވެސް ފަހަރުގައި އަދި ކެރިއަރު ކުރިއަށް ގެންދިއުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުލަބެއްގައި ކަމެއް 39 އަހަރުގެ ޑިފެންޑަރު ނުބުނެ އެވެ.

"އަހަރެންގެ މިހުރީ ފިޓްކޮށް. އަހަރެންނަށް ރަނގަޅު ފެންވަރަކަށް އެބަކުޅެވޭ. އަހަރެންގެ ތަފާސް ހިސާބުތައް ވެސް ގޯހެއްނޫން. އެހެންވީމާ އަހަރެންގެ ކުޅުން އަދި ކުރިއަށް ގެންދެވިދާނެ. އެކަމަކު އުމުރަކީ ވެސް ވަރަށް މުހިންމު ކަމެއް،"
ސިލްވާ ބުންޏެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 113 މެޗު ކުޅެދީ ހަތް ގޯލު ޖަހައިދިން ސިލްވާ ވަނީ އިޓަލީގެ ޔުވެންޓަސް އާއި އޭސީ މިލާން އަދި ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ.

އޭނާ ވަނީ ޗެލްސީގައި ތިން ފައިނަލްގައި ކުޅެ ތައްޓެއް ނުހޯދިފަ އެވެ. މިކަމާމެދު ސިލްވާ ބުނީ ތަށި ނުލިބުނީ އޭނާ ގޯސްކޮށް ކުޅެގެންނޫން ކަމަށާއި އެއީ މުޅި ޓީމަށް ހެދުނު ގޯސްތަކަކުން ނުލިބުނު ތަށިތަކެއް ކަމަށެވެ.

- ކޮމެންޓް