ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 13:24
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން
ރާއްޖެއެމްވީ
ނަޢީމާގެ މަރުގެ މައްސަލަ
ނަޢީމާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
އަޑުއެހުންތައް ކެންސަލްވެފައިވަނީ މާފުށީ ޖަލުން މީހުން ގެނައުމުގައި ކުރިމަތިވި ދަތިތަކާހެދި
ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދަޢުވާލިބެނީ 3 މީހަކަށް

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނ.މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 11:00 ގައިވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ. މިއީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުންތަކެވެ.

އެހެންނަމަވެސް އެ އަޑުއެހުންތައް ކެންސަލްވެފައިވަނީ މާފުށީ ޖަލުން މީހުން ގެނައުމުގައި ކުރިމަތިވި ދަތިތަކާހެދިއެވެ.

ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދަޢުވާލިބެނީ 3 މީހަކަށެވެ. އެއީ ނ.މަނަދޫ، ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޫރު، ނ.މަނަދޫ، ފިނިފެންމާގެ، ޢަބްދުލްވާޙިދު ރިފާސް އަދި ނ.މަނަދޫ، ވިނަރެސް، ޙަސަން ފަވާޛުއެވެ.

އެ މީހުންގެ މައްޗަށް އުފުލަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

މި ޝަރީޢަތާބެހޭ މަޢުލޫމާތަކީ ޢާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީއާއި، މި މައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް، ޕީޖީ އޮފީހުގެ މީޑިއާ ވެބްސައިޓުގެ "ޢާންމު ޝައުޤު"ބައިގައި، މި މައްސަލައިގެ މަޢުލޫމާތު އާންމު ކުރަމުން ގެންދިއުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

- ކޮމެންޓް