ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 19:10
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
މަޖިލީހުގެ އިންތިޚާބު
އީދު ބަންދަށްފަހު މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ގާނޫނަށް ބަދަލުގެންނަނީ
 
މި ޖަލްސާ މި މަހުގެ 28ވާ އާދީއްތަ ދުވަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން
 
ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރެވިގެންދާނެ
 
ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމުމުން، ގިނަ ރައްޔިތުން ކަންބޮޑުވޭ

ރަމަޟާން މަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ތާރީޚު ފަސްކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

ބުދަ ދުވަހު، އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ދެ ޕާޓީއަށް އެއްބަސްވެވޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން ދެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މަޝްވަރާއާއެކު ރައްޔިތުން މަޖިލީހަށް އާއްމު އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހަކީ އިލެކްޝަން ކޮމިޝަނުން ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމާފައިވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމުމުން ވަރަށް ގިނަ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުންނާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަކުވާ ލިބޭ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކުރެވިގެން ދާނެކަމަށާއި، މަސައްކަތްކުރަނީ ރަމަޟާން މަަސް ނިމި، އީދު ޗުއްޓީ ވެސް ނިމުމަށްފަހު އިންތިޚާބު ބޭއްވުމަށް ކަމަށެވެ.

އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ވިސްނުނީ ރަމަޟާން މަހަށްފަހު އަދި އީދު ބަންދަށްފަހު ގާނޫނަށް ގެންނަ ބަދަލަކާއެކު އަޅުގަނޑުމެންނަށް ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ ގޮތް ހޯދިއްޖިއްޔާ އެއީ އަޅުގަނޑުމެން އެންމެނަށް ވެސް، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް، ޖުމްލަކޮށް މުޅި ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމެއް. ހަގީގީ މާނާގަ އިންތިޚާބު ބޭއްވޭނެ ފުރުސަތު އޮންނާނީ ވެސް. ބައިވެރިވެ، ކެންޕޭންކޮށް، ވާދަކޮށް މި ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ވެސް އޮންނާނީ އިންތިޚާބުގެ ތާރީޚު ފަސްކުރެވިގެން. އެހެންވީމަ ގާނޫނަށް ގެނެވޭ ބަދަލަކާއެކު އެކަން ކުރުމަށް މިހާރު ވާނީ ރައްޔިތުން މަޖިލީހަށް އެ ހުށަހަޅާފަ.
ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް

ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މި މަހުގެ 28 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް