ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 10:16
އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ލުއީޖީ ރިވާ
އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ލުއީޖީ ރިވާ
ޓްވީޓަރ
އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމު
އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ރިވާ މަރުވެއްޖެ
 
އުމުރުން 79 އަހަރުގައި ރިވާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން

އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމުގެ ލެޖެންޑް، ލުއީޖީ ރިވާ މަރުވެއްޖެ އެވެ.

އުމުރުން 79 އަހަރުގައި ރިވާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އިޓަލީގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރިވާ މަރުވީ ހާާޓް އެޓޭކު ޖެހި، ފަރުވާ ހޯދަމުން ދަނިކޮށެވެ. ރިވާ އަކީ އިޓަލީގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާނ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޤައުމީ ޓީމުގައި 42 މެޗު ކުޅެ، 35 ލަނޑު ޖަހައިފަ އެވެ. އިޓަލީ އާއެކު ރިވާ ވަނީ ކާމިޔާބީތަކެއް ވެސް ޙާސިލުކޮށްފަ އެވެ. އެގޮތުން، 1968 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިޓަލީ އާއެކު ކާމިޔާބު ކުރި އެވެ. އަދި އޭގެ ފަހުން، 1970 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ވެސް ކުޅުނެވެ. އެ އަހަރުގެ ފައިނަލުން އިޓަލީ ބަލިވެ، ދެ ވަނަ ލިބުނު ނަމަވެސް، އެ މުބާރާތުގައި އޭނާ މޮޅަށް ކުޅުނެވެ.

ލެގްނާނޯ އިން 1962 ވަނަ އަހަރު ސީނިއާ ކެރިއަރު ފަށައި، އޭގެ އެއް އަހަރު ފަހުން ރިވާ ވަނީ ކަލިއަރީ އަސް ބަދަލުވެފަ އެވެ. އެ ކުލަބާއެކު ހޭދަކުރި 13 ސީޒަންގެ ތެރޭގައި ރިވާ ވަނީ އެ ކުލަބަށް 374 މެޗު ކުޅެދީ، 207 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު ރިވާ ވަނީ 70-1969 ވަނަ އަހަރުގެ އިޓާލިއަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ތިން އަހަރެއްގެ މަތިން ހޯދައިފަ އެވެ. އޭގެ އިތުރުން، 1969 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑުގެ ދެ ވަނަ އަދި 1970 ވަނަ އަހަރު ތިން ވަނަ އަށް ދިޔައީ ވެސް ރިވާ އެވެ.

ރިވާ މަރުވުމާައެކު އިޓަލޫީގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިތުރުން، ފުޓުބޯޅައިގެ އެހެނިހެން ފަރާތްތަކުން ވެސް އަންނަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް