ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 09:04
މާލޭގެ މޭޔަރު އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާލޭގެ މޭޔަރު އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާލޭ ސިޓީ ކައުންސިލް
މާލެސިޓީ ކައުންސިލްގެ ޚިދުމަތްތައް
އަމާޒަކީ މާލެސިޓީ ކައުންސިލަކީ ވަލު ދޮރާށިން ވަދެގެން ޚިދުމަތް ހޯދާތަނެއްގެ ގޮތުގައި ސިފަކުރުން ނިމުމަކަށް ގެނައުން - މޭޔަރު
ޚިދުމަތްތައް ފުޅާކޮށް، އާދޭސްނުކޮށް ފަސޭހައިން ދޭތަނަކަށް ސިޓީ ކައުންސިލް ހައްދަވާނެ ކަަމަށް އާޒިމް ވިދާޅުވި
ލާމަރުކަޒީ ނިޒާމް ތަރުތީބުވެފައި ވަނީ މައި ސަރުކާރުގެ މަދަދާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިނގާ ނިޒާމެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވި
ރައްޔިތަކަށް ފަސޭހަވާނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް އާޒިމް ވިދާޅުވި

އަމާޒަކީ މާލެސިޓީ ކައުންސިލަކީ ވަލު ދޮރާށިން ވަދެގެން ޚިދުމަތް ހޯދާތަނެއްގެ ގޮތުގައި ސިފަކުރުން ނިމުމަކަށް ގެނައުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރުކަމުގެ ހުވާކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާއަކީ އެންމެންގެ މޭޔަރުކަން އަބަދުވެސް ހަނދުމަފުޅު ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުރިހަމަ އިތުބާރު އޭނާއަށް އޮންނާނެ ކަމަށް ޤަބޫލުކުރައްވާ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލަކީ ޚިދުމަތް ފުޅާ، އާދޭސްނުކޮށް ފަސޭހައިން ޚިދުމަތް ލިބޭ ތަނަކަށް ހައްދަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މޭޔަރު އާޒިމް ވަނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން ރައްޔިތަކަށް ފަސޭހަވާނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި އެންމެ ކުރީގައި ހުންނަވާ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށާއި ކައުންސިލްތަކުގައި ޕާޓީތައް ތަމްސީލްކުރާ ގޮތަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގޮންޖެހުމަކަށް ވާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ކައުންސިލު ކޮންމެ ގޮތަކަށް އޮތަސް އެމަނިކުފާނު ހުށަހަޅުއްވާ ކަންކަމަކީ ރައްޔިތުންނަށް ބޭނުންވާނެ، ފައިދާވާނެ ކަންކަން ކަމަށް ހައްދަވާނެކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.

Advertisement

ލާމަރުކަޒީ ނިޒާމް ތަރުތީބުވެފައި ވަނީ މައި ސަރުކާރުގެ މަދަދާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިނގާ ނިޒާމެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމް ފާހަގަކުރެވެނީ ފެންދޭނެ މީހަކު ހުރިއްޔާ ހެދޭނެ ގަހެއްގެ ގޮތުގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމުގައި ހުންނަވާ މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މަގާމުގެ އިހުތިސާސްގެ ތެރެއިން ދެވެން އޮތް އެއްބާރުލުން ދެއްވައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމް ހިނގާގޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް