ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 06:52
ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޕުބްލީ
ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޕުބްލީ
ރޮއިޓާސް
އަލްމޭރިއާ
ބައްޔާއެކު އަލްމޭރިއާގެ ޑިފެންޑަރު ޕުބިލް ރުޅިގަދަ ވެއްޖެ
ޕުބްލީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ސަންޓިއާގޯ ބާނަބެއުގައި އެމީހުން މޮޅުވާން ބަޔަކު ބޭނުންނުވީ ކަމަށް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، އަލްމޭރިއާގެ ޑިފެންޑަރު މާކް ޕުބްލީ ރުޅިގަދަ ވެއްޖެ އެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލްމޭރިއާ ބަލިވެފައި ވަނީ 3-2 އިންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ލީޑު ވެސް ނެގީ އަލްމޭރިއާ އިންނެވެ. މެޗުގައި ރެއާލުން ފަރަގު ކުޑަކޮށްފައި ވަނިކޮށް، އަލްމޭރިއާ އިން ތިން ވަނަ ލަނޑެއް ވެސް ޖެހި އެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕުބްލީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ސަންޓިއާގޯ ބާނަބެއުގައި އެމީހުން މޮޅުވާން ބަޔަކު ބޭނުންނުވީ ކަމަށެވެ. މެޗުގައި ފެނިގެން ދިޔައީ އެ މަންޒަރު ކަމަށާއި، ނިންމުންތައް ފެންނަން ހުރީ އެބީދައިން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އެ އިޝާރާތް ކުރީ މެޗުގައި ރެފްރީގެ ނިންމުންތަކަށެވެ. ޚާއްސަކޮށް އަލްމޭރިއާގެ ތިން ވަނަ ލަނޑު ބަލައި ނުގަތުމަށް ނިންމި ނިންމުމަށް އޭނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އިތުރަށް އޭނާ ބުނީ، އެކަމާ ގުޅިގެން އިތުރަށް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

މޮޅާއެކު ރެއާލުން ވަނީ އަލުން އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ.

- ކޮމެންޓް