ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 23:06
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް އޭޕްރީލް މަހު ރާއްޖެއަށް އަންނާނެ
މޯލްޑިވިއަންގެ އައު އޭޓީއާރް މިވަގުތު އޮތީ ފްރާންސްގެ އެއާޕޯޓެއްގައި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހަތަރުވަނަ އޭޓިއާރް މަރުކާގެ އެއާކްރާފްޓް، މި އަންނަ އޭޕްރީލު މަހު ރާއްޖެއަށް ގެނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން މި ފަހަރު ރާއްޖެއަށް ގެންނަނީ 46 ޕަސެންޖަރުންގެ ޖާގައިގެ ފްލައިޓެކެވެ. އެގޮތުން އެ 600-42 މަރުކާގެ މި ފްލައިޓުގެ ފޮޓޯއެއް މިހާރު މީސްމީޑިޔާގައި ވަނީ ޢާންމުވެފައެވެ.

އެ ފޮޓޯ އިން ފެންނަ ގޮތުން، މޯލްޑިވިއަންގެ އައު އޭޓީއާރް މިވަގުތު އޮތީ ފްރާންސްގެ އެއާޕޯޓެއްގައި އެވެ.

މޯލްޑިވިއަން އިން ކުރިން ބޭނުން ކުރަމުންދިޔަ ޑޭޝް-8 މަރުކާގެ އެއާކްރާފްޓެއް ބޭނުންކުރުން ހުއްޓާލައި، މިހާރު އެ އެއާލައިނުން ވަނީ އޭޓީއާރްގެ ތިން ބޯޓު ރާއްޖެއަށް ގެނެސްފައެވެ. މިހާތަނަށް އެ އެއާލައިނުން ރާއްޖެއަށް ގެނައީ، 600-42 މަރުކާގެ އެއް ބޯޓާއި، 600-72 މަރުކާގެ ދެ ބޯޓެވެ.

- ކޮމެންޓް