ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 06:40
މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
ރޮއިޓާސް
މިޞްރުގެ ޤައުމީ ޓީމު
އަނިޔާގެ ސަބަބުން ޞަލާޙަށް އެފްރިކަން ކަޕްގެ ދެ މެޗު ނުކުޅެވޭނެ!
އެއީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ އިތުރުން، މުބާރާތުގެ ގަދަ 16 ވަނަ ބުރަށް މިޞްރު ދަތުރުކޮށްފި ނަމަ، އެ މެޗު

މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙަށް, މިހާރު ކުރިއަށްދާ އެފްރިކަން ކަޕްގެ ދެ މެޗު ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ މިޞްރުގެ ފުޓުބޯޅަ ފެޑެރޭޝަނުންނެވެ. ޞަލާޙަށް އަނިޔާވީ، އެފްރިކަން ކަޕްގައި މިޞްރުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޞަލާޙު ވަނީ ބަދަލު ވެސް ކޮށްފައެވެ. އެ މެޗު މިޞްރުން ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ.

އެކަމާ ގުޅިގެން މިޞްރުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނީ، ޞަލާޙަށް ލިބިފައި ވަނީ ފަލަމަސްގަނޑުގެ އަނިޔާއެއް ކަމަށެވެ. އެހެން ކަމުން، މުބާރާތުގެ ކުރިއަށް އޮތް ދެ މެޗެއް އޭނާ އަށް ގެއްލޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެއީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ އިތުރުން، މުބާރާތުގެ ގަދަ 16 ވަނަ ބުރަށް މިޞްރު ދަތުރުކޮށްފި ނަމަ، އެ މެޗެވެ. ޞަލާޙަށް އަނިޔާވުމަކީ މިޞްރު ޓީމަށް އޮތް ކަންބޮޑުވުމެއް ކަމަށް، އެ ޓީމުގެ ކޯޗު ރުއި ވިޓޯރިއާ ވަނީ ބުނެފަ އެވެ. ނަމަވެސް، ޞަލާޙު ނެތް ނަމަވެސް މިޞްރުން ފުރިހަމަ އަށް މެޗުތަކަށް ތައްޔާރުވާނެ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިޞްރުން ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި އެއްވަރުވީ މޮޒަންބީކާ ވާދަކޮށެވެ. މުބާރާތުގައި ދެން އެ ޓީމަށް ބާކީ އޮތީ, އަންގާރަ ދުވަހު ކެޕް ވާޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް