ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 10:21
އިތިއޯޕިއާގައި ބަނޑުހައި ހޫނުކަމާއި، ފަގީރުކަން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ތަހައްމަލުކުރޭ
އިތިއޯޕިއާގައި ބަނޑުހައި ހޫނުކަމާއި، ފަގީރުކަން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ތަހައްމަލުކުރޭ
އޭޕީ
އިތިއޯޕިއާގެ ހާލަތު
އިތިއޯޕިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނަފަސްކަމުގެ ސަބަބުން 3.4 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިއްޖެ
 
މީގެތެރެއިން 64 އިންސައްތަ މީހުންނަކީ އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން

އިތިއޯޕިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން 3.4 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް، އދ.ގެ މައިގްރޭޝަން އެޖެންސީން ބުނެފިއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)ގެ އިތިއޯޕިއާގެ ނޭޝަނަލް ޑިސްޕްލޭސްމަންޓް ރިޕޯޓުގައި ހުކުރު ދުވަހު ބުނެފައިވަނީ، އޭގެތެރެއިން 64 ޕަސެންޓް މީހުން ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލި، 17 ޕަސެންޓް މީހުން ހަނަފަސްކަމުގެ ސަބަބުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން މަޖުބޫރުވެފައިވާއިރު، އިޖުތިމާއީ ނުތަނަވަސްކަމުގެ އަސަރު 9 ޕަސެންޓަށް ކޮށްފައިވާކަމަށެވެ.

އައިއޯއެމްއިން ބުނީ ސޯމާލިއާ ސަރަހައްދަކީ މައިގަނޑުގޮތެއްގައި ހަނަފަސްކަމުގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ މީހުން ބަދަލުކުރަންޖެހިފައި އޮންނަ ސަރަހައްދަކަށް ވާއިރު، ޓިގްރޭ ސަރަހައްދަކީ މައިގަނޑު ގޮތެއްގައި ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން އެންމެ ގިނަ ސަރަހައްދުކަމަށެވެ.

2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އޯގަނައިޒޭޝަނުން ކުރިއަށްގެންދިޔަ ވިލެޖް އެސެސްމަންޓް ސަރވޭ (ވީއޭއެސް)އިން ދައްކާގޮތުގައި، ހޯން އޮފް އެފްރިކާގެ، 11 ސަރަހައްދެއްގެ 2،000ށްވުރެ ގިނަ ވިލެޖުން 2.5 މިލިއަނަށްވުރެ ގިނަ، ގެދޮރު ގެއްލިފައިވާ މީހުން ވަނީ ފެނިފައެވެ.

މުޅި އިތިއޯޕިއާއިންވެސް އެންމެ ގިނައިން މީހުން ބަދަލުކުރަން ޖެހިފައިވަނީ ޓިގްރޭއިން ކަމަށްވާއިރު، އެ ސަރަހައްދުން 59 ޕަސެންޓް، އަމްހާރާއިން 15 ޕަސެންޓް އަދި އަފަރުން 8 ޕަސެންޓް މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހިފައި ވާކަމަށް ރިޕޯޓުގައި ވެއެވެ.

އަމްހާރާ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ހާމަވެ، ނާމާންކަން އިތުރުވެފައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިމަހުގެ ކުރީކޮޅު އިތިއޯޕިއާގެ ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ކޮމިޝަނުން ވަނީ، ކާރިސާގެ އަސަރުކޮށްފައިވާ ސްޓޭޓްތަކުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާކަމުގެ އިންޒާރު ދީފައެވެ.

މިހާރު ދިމާވެފައިވާ ހަނަފަސްކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި އަފާރް، އަމްހާރާ، ޓިގްރޭ އަދި އޮރޯމިއާގެ އިތުރުން ދެކުނު އަދި ހުޅަނގު ދެކުނުގެ ސަރަހައްދުތައް ހިމެނެއެވެ.

މި އިންޒާރު ދީފައި މިވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޓިގްރޭ ސަރަހައްދުގައި ފާއިތުވި އަހަރުތަކުގައި އިންސާނީ ކާރިސާގެ އެންމެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ބަނޑުހައިހޫނުކަމުގެ ސަބަބުން ސެޕްޓެމްބަރު މަހުން ފެށިގެން ޓިގްރޭގައި 860ށްވުރެ ގިނަ މީހުން މަރުވެފައި ވާކަމަށް ޓިގްރޭ ކޮމިއުނިކޭޝަން ބިއުރޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް