ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 10:18
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން
އޭޝިއަން ކޮރެސްޕޮންޑެންޓް
އުތުރު ކޮރެއާ މައްސަލަ
އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން

"އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ. 

އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ"  ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރު ކޮރެއާ އާއި  ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން  އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވިއެވެ. 

މްބެސެޑަރު ނިކީ ހޭލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް ގިނަ ގަރާރުތަކެއް ފާސްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ގަރާރުތަކަށް އުތުރު ކޮރެއާ އިން ބޯނުލަނބާ ކަމަށެވެ.  

ހުކުރު ދުވަހު އުތުރު ކޮރެއާ އިން ވަނީ ދެވަނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓްކޮށްފައެވެ. މި މިސައިލް ޓެސްޓް ކުރިއިރު އެގައުމުން ކުރި ފުރަތަމަ އައިސީބީއެމް ޓެސްޓް ކުރީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިންނެވެ. 

އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭ ގޮތުން އެގައުމުން ބުނެފައި ވަނީ އެގައުމުން ކުރާ ޓެސްޓްތަކުން އެނގިގެން ދަނީ އެމެރިކާ އާއި ހަމަޔަށް ފޯރާވަރުގެ މިސައިލްތައް އެބަހުރިކަން ކަމަށެވެ. އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އިން ވަނީ އެންޓި-މިސައިލް ސިސްޓަމެއް ޓެސްޓްކޮށްފައެވެ. އަދި ދެކޮރެއާ ސަރަހައްދުގައި ދަނީ އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތައް އުދުހެމުންނެވެ.

ދާދިފަހުން އުތުުރު ކޮރެއާ އިން ވަނީ އެމެރިކާ އަށް އިންޒާރެއް ދީފައެވެ. އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކަމުގެ މަގާމުން ކިމް ޖޮން އުން ދުރުކުރަން އެމެރިކާ އިން އުޅޭ ނަމަ އެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފައެވެ.

މިިކަން ރިޕޯޓުކޮށްފައި ވަނީ އުތުުރު ކޮރެއާގެ ދައުލަތުން ހިންގާ މީޑިއާ ކޭސީއެންއޭ އިން އެވެ. އުތުރު ކޮރެއާ ިއިން މި އިންޒާރު  ދިނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އޭނާ ދާދިފަހުން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށް ގިނަ ކުރުމަށް ކުރާ މަަސައްކަތުން އޭނާ ދުރުކުރަން ޖެހޭ ކަމަށާއި އޭނާ މަގާމުން ވެސް ދުރުކުރަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުން މިހާރު އުތުރު ކޮރެއާ ގައި ތިބި ވެރިން ދުރުކުރަން، މަގެއް ހޯދޭނެ ކަމަށް އުންމީދު އެބައޮތް ކަމަށާއި އުތުރު ކޮރެއާގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. އަދި އެ ރައްޔިތުން އުތުރު ކޮރެއާގެ ލީޑަރު ދާތަން ބަލަން ބޭނުންވާ ކަމަށެވެ. 

 

 

- ކޮމެންޓް