ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 10:18
އިޓާލިއަން ސުޕަކަޕް އިންޓަމިލާން އުފުލާލަނީ
އިޓާލިއަން ސުޕަކަޕް އިންޓަމިލާން އުފުލާލަނީ
ގޫގުލް
އިޓާލިއަން ސުޕަ ކަޕް
އަގުހުރި އިނާމްތަކާއެކު އިޓާލިއަން ސުޕަކަޕް ވެސް ސައޫދީ އަރަބިއްޔާއަށް
ޗެމްޕިއަން ޓީމަށް 8.7 މިލިއަން ޑޮލަރު ދޭނެ

އިޓާލިއަން ސުޕަކަޕް ވެސް ސައުދީ އަރަބިއްޔާގައި ކުޅެން ތައްޔާރުވެއްޖެ އެވެ.

މި ބަދަލަކީ ސްޕެނިޝް ސުޕަ ކަޕް ސައޫދީ އަރަބިއްޔާގައި ކުޅެމުންދާތީވެ އެ ފޯމެޓަށް ބަލައިގެން އިޓަލީން ހަމަޖެއްސި ގޮތެކެވެ. މީގެ އެންމެ މުހިންމު ބޭނުމަކި މުބާރާތުގައި ކުޅޭ ޓީމުތަކަށާއި އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފައިސާ ހޯދުމެވެ.

އިޓަލީގެ ލީގު ޗެމްޕިއަން ޓީމާއި ކަޕް ޗެމްޕިއަން ޓީމުގެ މެދުގައި ކުރިން ކުޅެމުން އައި މެޗު މިހާރު ބަދަލުކޮށްފައިވަނީ ހަތަރު ޓީމު ކުޅޭ ތިން މެޗުގެ މުބާރާތަކަށެވެ. މިއީ ސައޫދީގައި ސްޕެނިޝް ސުޕަކަޕް ވެސް ކުޅެމުން އަންނަ ފޯމެޓެވެ.

1988 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ޗެމްޕިއަން ނާޕޮލީ އާއި ފިއޮރެންޓީނާ އަދި ލާޒިއޯ އާއި އިންޓަމިލާނެވެ. ނާޕޮލީ ކުޅޭނީ ފިއޮރެންޓީނާއާ އެވެ. އިންޓަ ކުޅޭނީ ލާޒީއޯއާ އެވެ. މިރޭ ފަށާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭގަ އެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 8.7 މިލިއަން ޑޮލަރު ދޭނެ އެވެ. ރަނައަޕް ޓީމަށް 5.4 މިލިއަން ޑޮލަރު އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ވެސް 1.7 މިލިއަން ޑޮލަރު ދޭނެ އެވެ.

ސައުދީ އަރަބިއްޔާއިން ސްޕެނިޝް ސުޕަކަޕަށް ފަހު އިޓާލިއަން ސުޕަކަޕް އެ ގައުމުގައި ބާއްވަނީ ސައޫދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

- ކޮމެންޓް