އިޓާލިއަން ލީގުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން އެއް ވަނައިގައި އޮތް އިންޓަ މިލާންގެ ފުލުގައި ވިއްދައިފި އެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ތިން ލަނޑު ޖެހިއިރު، ފަހު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ޑޫސާން ވްލާހޮވިޗް އެވެ. އޭނާ އެ ލަނޑު ޖެހީ، ފަބިއޯ މިރެޓީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްދިނީ ވެސް ވްލާހޮވިޗް އެވެ. ޔުވެންޓަސްގެ ފަހު ލަނޑު، މެޗުގެ 89 ވަނަ މިނެޓުގައި ޖެހީ ފެޑެރީކޯ ކިއޭސާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެނުއަލް ލޮކަޓެއްލީ އެވެ.
މޮޅާއެކު ޔުވެންޓަސް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 49 ޕޮއިންޓު ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އިންޓަ މިލާނަށް ލިބެނީ 51 ޕޮއިންޓެވެ.