Advertisement
ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 06:52
ރައީސް މުއިއްޒުގެ ސަރުކާރުން ޗާގޯސް ހޯދަންޖެހޭނެ: ފައްޔާޒު
ރައީސް މުއިއްޒުގެ ސަރުކާރުން ޗާގޯސް ހޯދަންޖެހޭނެ: ފައްޔާޒު
އެމްޑީޕީ
ސަރުކާރަށް ފައްޔާޒްގެ ފާޑުކިޔުން
ސަރުކާރުގެ މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައިސްފި، އަނިޔާވެރިކިަމާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ - ފައްޔާޒް
އެއް ފަހަރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަކިކުރާތީ އެކަމާއި މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ސަރުކާރުގެ މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައިސްފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

ފައްޔާޒް އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިހާރު އައިސްފައިވާ ކަަމަށް ފާހަގަކުރެއްވުމުގެ އިތުރުން އޮޅުވާލުމާއި އަނިޔާވެރިކަމުގެ އަމަލުތައް މި ސަރުކާރުން ހިންގަމުންދާ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އިތުރަށް ފައްޔާޒް ވިދާޅުވީ ހުދުމުހުތާރުކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފަ ކަމަށެވެ. އަދި الله ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި މި ވަނީ ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަޒީފާގެ ރައްކާތެރިކަން ގެއްލޭގޮތަށް އެއް ފަހަރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަކިކުރާތީ އެކަމާއި މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް